Roadha Mihaaru
ވާވޭ ޕީ40ގައި ގްރެފީން ބެޓެރީ

ވާވޭ ޕީ40ގައި ގްރެފީން ބެޓެރީ

25 ޑިސެމްބަރ 2019

ސްމާޓްފޯނެއްގައި އެންމެ ފުރަތަމަ ގްރެފީން ބެޓެރީއެއް އަޅުވާނެ ކުންފުންޏަކަށް ސެމްސަންގް ވާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، މަސްރަހުގައި ވާހަކަތައް ހުރި ގޮތުން، އެ ޝަރަފު އެންމެ ފުރަތަމަ ހޯދާނެ ކަމަށް މިހާރު ބުނެވެނީ ވާވޭ އެވެ. ވާވޭ ޕީ40 ގައި ގްރެފީން ބެޓެރީއެއް އަޅުވަފާނެ ކަމަށް އެބަ ބެލެވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯނެއްގައި އެންމެ ފުރަތަމަ ގްރެފީން ބެޓެރީއެއް އަޅުވާނެ ކުންފުންޏަކަށް ސެމްސަންގް ވާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، މަސްރަހުގައި ވާހަކަތައް ހުރި ގޮތުން، އެ ޝަރަފު އެންމެ ފުރަތަމަ ހޯދާނެ ކަމަށް މިހާރު ބުނެވެނީ ވާވޭ އެވެ. ވާވޭ ޕީ40 ގައި ގްރެފީން ބެޓެރީއެއް އަޅުވަފާނެ ކަމަށް އެބަ ބެލެވެ އެވެ.

ގްރެފީން ބެޓެރީއަކީ، އެއީ ސްމާޓްފޯން ބެޓެރީތަކަށް އާ މުސްތަގުބަލެކެވެ. ބެޓެރީ ޗާޖު ދެމެހެއްޓުމުގައި އަޅާކިޔޭނެ އެހެން ޓެކްނޮލޮޖީއެއް އަދި ނެތެވެ. އެހާ ގިނައިރު ޗާޖު ދަމަހައްޓާނެ ކަމަށް ވެސް ބުނެވެ އެވެ. ބެޓެރީ ޗާޖުކުރަން ގިނައިރު އިންތާރުކުރަން ނުޖެހުމަކީ ވެސް، ސްމާޓްފޯނުތަކުގައި މިހާރު ބޭނުންކުރެވޭ ލިތިއަމް ބެޓެރީތަކަށް ވުރެ ބޭނުންތެރި އުފެއްދުމަކަށް ވާނެ ކަމަށް ބުނެވޭ ސަބަބެކެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުގެ ތެރެއިން، ގްރެފީން ބެޓެރިއާ އެންމެ އެކުވެރި ބައެއް ކަމަށް ބެލެވެނީ ސެމްސަންގް އެވެ. މިއީ އެ މީހުން އުފައްދައި އަދި އަމިއްލަ ޑިވައިސްތަކުގައި އަޅުވާނެ ބެޓެރީއެއް ކަމަށް ބެލެވިފައިވި ނަމަވެސް، އެ މީހުންގެ ޑިވައިސްއެއްގައި ގްރެފީން ބެޓެރީއެއް އަދި ވެސް އަޅުވާފައި ނުވެ އެވެ.

މަސްރަހުގައި މިހާރު ކަންތައް ހުރި ގޮތުން، ގްރެފީން ބެޓެރީއެއް އެންމެ ފުރަތަމަ އާންމުންނާ ހަމަ އަށް ގެނެދޭނެ ބައެއް ކަމަށް ބެލެވެނީ ވާވޭ އެވެ.

ވާވޭ ޕީ40 ލޯންޗްކުރާނެ ކަމަށް ބުނެވެނީ 2020 ގައި، އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ކަމަށް ބުނެވެ އެވެ. އެއީ މާޗު މަސް ކަމަށް ބަލަމާ އެވެ. ހަފުލާ އޮންނާނެ ކަމަށް ބުނެވެނީ ޕެރިހުގަ އެވެ.

ވާވޭގެ ފްރާންސް ޓްވީޓާ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނަނީ، ވާވޭ ޕީ40 ގައި ގްރެފީން ބެޓެރީއެއް އިންނާނެ ކަމަށެވެ. ބެޓެރީ ސުމަކުން 100 ޕަސެންޓް ޗާޖުވުމަށް 45 މިނެޓް ނަގާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.