26 ސެޕްޓެމްބަރ 2019
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކަން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ހިއްސާ ގަންނަން އެދިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކަން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ހިއްސާ ގަންނަން އެދިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
އެމްއައިބީން ފުރަތަމަ ފަހަރަށް އާންމުންނަށް ހިއްސާ ވިއްކުމަށް ހުޅުވާލި މި ފުރުސަތުގައި އެ ކުންފުނިން ވަނީ 6.98 މިލިއަން ހިއްސާ ވިއްކަން ހުޅުވާލައިފަ އެވެ. އެއީ ހިއްސާއެއް 35ރ. ގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ.
އެމްއައިބީން ނެރުނު ނޫސްބަޔާނުގައި ބުނީ ވިއްކަން ހަމަޖެހިފައިވާ މިންވަރަށް ވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހެޅުމާ ގުޅިގެން އެ ހިއްސާ އިންވެސްޓަރުންގެ މެދުގައި ބަހާލެވޭނެ އުސޫލު ބޭންކުގެ ބޯޑުން އެކުލަވާފައިވާ ކަމަށެވެ. މި އުސޫލަކީ އެ ބޭންކުގެ ޕްރޮސްޕެކްޓަސްގައި ބުނެފައިވާ ގޮތުގެ މަތިން އާންމުންނަށް އިސްކަންދޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނި ގޮތުގައި އެ ބޭންކުގެ އައިޕީއޯ އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އައިޕީއޯ އެވެ. މިކަމުން ހާމަވަނީ ބޭންކަށް ދިވެހިން ކުރާ އިތުބާރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މީގެ 8 އަހަރު ކުރިން ރާއްޖޭގައި ހިދުމަތްދޭން ފެށި މި ބޭންކުން އަންނަނީ ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ވަނީ 52 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 މިލިއަން އިތުރު އަދަދެކެވެ.
އެމްއައިބީގެ ހިއްސާތައް އެކައުންޓަށް ޖަމާކޮށްފި
އެމްއައިބީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި
އެމްއައިބީގެ ހިއްސާ އަށް ޑިމާންޑް ބޮޑު
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
ސްޓޮކް އެކްސްޗޭންޖުން 2.3 ބިލިއަން ކުންފުނިތަކަށް!
ހިއްސާއަކަށް 1.2ރ. ބަހަން އެމްއައިބީން ނިންމައިފި
އެމްއައިބީގެ ބޯޑަށް އާއްމު މެމްބަރަކު އައްޔަންކޮށްފި
އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން އަދިވެސް ކުރިއަށް
އެމްއައިބީގެ ބޯޑަށް ޕެންޝަން އޮފީހުން މީހަކު ހޯދަނީ
ހިއްސާއަކަށް 1.58ރ. ބަހަން އެމްއައިބީން ނިންމައިފި