މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޕެންޝަން އޮފީސް ތަމްސީލު ކުރާނެ ޑައިރެކްޓަރެއް ހޯދުމަށްޓަކައި އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
08 އެޕްރީލް 2020
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޕެންޝަން އޮފީސް ތަމްސީލު ކުރާނެ ޑައިރެކްޓަރެއް ހޯދުމަށްޓަކައި އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެމްއައިބީން މިދިޔަ އަހަރުގެ ޖުލައިގައި އާންމުކޮށް ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވެ ޕެންޝަން އޮފީސް ވަނީ އެ ކުންފުނީގެ މޭޖާ ޝެއަ ހޯލްޑަރަކަށް ވެފަ އެވެ. އާންމު ހިއްސާދާރުންނަށް ހުޅުވައިލި 31 ޕަސެންޓްގެ ތެރެއިން ޕެންޝަން އޮފީހުން ވަނީ 10 ޕަސެންޓްގެ ހިއްސާ ގަނެފަ އެވެ.
އެހެންވެ އެމްއައިބީގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑައިރެކްޓަރަކު ނޮމިނޭޓް ކުރުމުގެ ފުރުސަތު ޕެންޝަން އޮފީހަށް ވަނީ ލިބިފަ އެވެ.
ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓް ކުރާ ޑައިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުޅުވައިލި ނަމަ ކުރިމަތިލާފައި ވަނީ މަދު ބަޔެކެވެ. އެހެންކަމުން ގިނަ ބަޔަކު ކުރިމަތިލުމަށް ފުރުސަތު ދިނުމުގެ ގޮތުން ޕެންޝަނުން ވަނީ އަނެއްކާ ވެސް އެ ފުރުސަތު ހުޅުވައިލައިފަ އެވެ. އެގޮތުން މި މަހުގެ 23ގެ ކުރިން ޝައުގުވެރިވާ މީހުންނަށް މި މަގާމަށް ކުރިމަތިލެވޭނެ އެވެ.
މިގޮތަށް ނަގާ ޑައިރެކްޓަރަކަށް ތިން އަހަރުގެ މުއްދަތަކަށް އެމްއައިބީގެ ބޯޑު ތަމްސީލު ކުރަން ފުރުސަތު ލިބޭނެ އެވެ.
އެމްއައިބީގެ ހިއްސާ ބެހިފައިވަނީ އިސްލާމިކް ކޯޕަރޭޝަން ފޯދަ ޑިވެލޮޕްމެންޓް އޮފް ދި ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ 36 ޕަސެންޓާއި ދިވެހި ސަރުކާރުގެ 28 ޕަސެންޓުގެ އިތުރުން އަމާނާ ތަކާފުލްގެ ފަސް ޕަސެންޓާއި އާންމު ހިއްސާދާރުންގެ 31 ޕަސެންޓަށެވެ.
އަލަށް އެކުލަވައިލާ ބޯޑު މެންބަރުންގެ ގޮތުގައި ތިބޭނީ އައިސީޑީގެ ދެ މެންބަރުންނާއި ސަރުކާރުގެ ދެ މެންބަރުންގެ އިތުރުން އެމްއައިބީގެ މެނޭޖްމެންޓުގެ ދެ މެންބަރުންނާއި ޕެންޝަން އޮފީހުގެ އެއް މެންބަރެއްގެ އިތުރުން އާންމު ހިއްސާދާރުން ތަމްސީލު ކުރާ އެއް މެންބަރެކެވެ. ޕެންޝަން އޮފީހަކީ ސަރުކާރު ކުންފުންޏަކަށް ވުމާ އެކު އާ ބޯޑު ތަމްސީލު ކުރުމަށް ސަރުކާރަށް ތިން މެންބަރުން ތިބޭނެ އެވެ. އެހެން ނަމަވެސް އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ވުމަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގަވައިދާ އެއްގޮތަށް އަދި މިހާތަނަށް ބޯޑު އެކުލަވައިލައިފައެއް ނުވެ އެވެ.
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
ހިއްސާއަކަށް 1.2ރ. ބަހަން އެމްއައިބީން ނިންމައިފި
އެމްއައިބީގެ ބޯޑަށް އާއްމު މެމްބަރަކު އައްޔަންކޮށްފި
އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން އަދިވެސް ކުރިއަށް
ހިއްސާއަކަށް 1.58ރ. ބަހަން އެމްއައިބީން ނިންމައިފި
އެމްއައިބީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްއައިބީގެ ހިއްސާ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފި
އެމްއައިބީގެ ހިއްސާތައް އެކައުންޓަށް ޖަމާކޮށްފި
އަދަދު ގިނަވެ އެމްއައިބީން ބައެއް ހިއްސާ ރިފަންޑްކުރަނީ
ކަނޑައެޅި ވަރަށްވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހެޅި