24 ޖުލައި 2020
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބޯޑަށް ފުރަތަމަ ފަހަަރަށް އާއްމު ހިއްސާދާރުންގެ ތެރެއިންގެ މެމްބަރަކު އިއްޔެ އިންތިޚާބުކޮށްފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބޯޑަށް ފުރަތަމަ ފަހަަރަށް އާއްމު ހިއްސާދާރުންގެ ތެރެއިންގެ މެމްބަރަކު އިއްޔެ އިންތިޚާބުކޮށްފި އެވެ.
އޮންލައިންކޮށް އިއްޔެ ބޭއްވި އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ 89 ޕަސެންޓު ވޯޓާ އެކު ބޯޑަށް އިންތިޚާބުކުރީ ހއ. ތަކަންދޫ، ލަކްސްލީން، އަހުމަދު އަލީ އެވެ. އޭނާ އަކީ އެސް އެންޑް އޭ ލޯޔާސް އެލްއެލްޕީގައި ސީނިއާ ޓެކްސް އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. މީގެ ކުރިން އަހުމަދު ވަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާގައި ވެސް ތަފާތު މަގާމުތައް ފުރުއްވައިފަ އެވެ.
އެމްއައިބީގެ ހިއްސާ އާއްމުންނަށް ވިއްކަން ފެށި ފަހުން މިއީ، އެ ކުންފުނިން ބޭއްވި ފުރަތަމަ އަހަރީ އާއްމު ޖަލްސާ އެވެ. މި ޖަލްސާގައި އާއްމު ހިއްސާދާރުންގެ އިތުރުން ޕެންޝަން އޮފީހުގެ ފަރާތުން ޑިރެކްޓަރަކާއި ސަރުކާރު ތަމްސީލް ކުރާނެ ޑިރެކްޓަރެއް ވެސް ވަނީ އައްޔަން ކޮށްފަ އެވެ.
މި ޖަލްސާގައި ސަރުކާރުގެ ފަރާތުން އެމްއައިބީގެ ބޯޑަށް އައްޔަން ކޮށްފައިވަނީ އަލްއުސްތާޒު މުހައްމަދު ނަސީމް އިބްރާހިމެވެ. ޕެންޝަން އޮފީހުގެ ފަރާތުން އައްޔަންކުރީ އެޗްޑީސީގެ ކުރީގެ ސީއެފްއޯ އަދި މިހާރު ފައިނޭންޝިއަލް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަލީ ޝަރީފެވެ.
ބޯޑަށް ތިން މެމްބަރުން ވެސް ހޮވީ ތިން އަހަރު ދުވަހުގެ ދައުރަކަށެވެ. މި އާއެކު އެމްއައިބީގެ ބޯޑުގައި މިހާރު ތިބޭނީ އެ ބޭންކުގެ މައި ހިއްސާދާރު، އައިސީޑީ ކުންފުނި ތަމްސީލް ކުރާ ތިން މެމްބަރުންނާއި ސަރުކާރުގެ ތިން މެމްބަރުންގެ އިތުރުން އާއްމު ހިއްސާދާރުންގެ ފަރާތުން އައްޔަން ކުރާ މެމްބަރަކާއި ޕެންޝަން އޮފީސް ތަމްސީލް ކުރާ މެމްބަރެކެވެ.
އިއްޔެގެ ޖަލްސާގައި މިދިޔަ އަހަރު އެ ބޭންކުގެ ފައިދާއިން ހިއްސާދާރުންނަށް 35،437،511ރ. ބަހަން ވަނީ ފާސްކޮށްފަ އެވެ. އެއީ ހިއްސާއަކަށް 1.575ރ. އެވެ.
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
ހިއްސާއަކަށް 1.2ރ. ބަހަން އެމްއައިބީން ނިންމައިފި
އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން އަދިވެސް ކުރިއަށް
އެމްއައިބީގެ ބޯޑަށް ޕެންޝަން އޮފީހުން މީހަކު ހޯދަނީ
ހިއްސާއަކަށް 1.58ރ. ބަހަން އެމްއައިބީން ނިންމައިފި
އެމްއައިބީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްއައިބީގެ ހިއްސާ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފި
އެމްއައިބީގެ ހިއްސާތައް އެކައުންޓަށް ޖަމާކޮށްފި
އަދަދު ގިނަވެ އެމްއައިބީން ބައެއް ހިއްސާ ރިފަންޑްކުރަނީ
ކަނޑައެޅި ވަރަށްވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހެޅި