Roadha Mihaaru
އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން އަދިވެސް ކުރިއަށް

އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން އަދިވެސް ކުރިއަށް

02 ޖުލައި 2020

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިދިޔަ ޖޫން މަހު ކުރިއަށް ގެންދިޔަ ކޭޝްބެކް ޕްރޮމޯޝަން މި މަހު ވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިދިޔަ ޖޫން މަހު ކުރިއަށް ގެންދިޔަ ކޭޝްބެކް ޕްރޮމޯޝަން މި މަހު ވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި ޕްރޮމޯޝަން ޖުލައި 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްއައިބީން ބުނީ ޖޫން މަހު ކުރިއަށް ދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިން ވަރަށް އަވަހަށް ހޮވާނެ ކަމަށެވެ. އޭރު އެޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ޖޫން 30 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން އިތުރު މަހަކަށް ކުރިއަށް ގެންދަން ނިންމީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ކަމަށް އެ ބޭންކުން ބުނެ އެވެ. އެގޮތުން މި މަހު ކުރިއަށްދާ މި ޕްރޮމޯޝަންގައި އާ ފިހާރަތަކާއި ރެސްޓޯރެންޓްތައް ހިމެނޭނެ އެވެ. ޕްރޮމޯޝަންގެ ދަށުން ތަކެތި ވިއްކަން ބޭނުންވާ ފިހާރަތަކާއި ވިޔަފާރިތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ. އެގޮތުން [email protected] އަށް އީމެއިލް ކޮށްގެން އެކަމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ އެވެ.

މި ޕްރޮމޯޝަންގައި، އެމްއައިބީގެ ޕޮސް އާއި މޯބައިލް ޓްރާންސްފާ އާއި ފައިސާ ޕޭއިން ވިޔަފާރި ކުރާ މީހުންނަށް ދެ ޕަސެންޓު އަނބުރާ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ހާއްސަ ޕްރޮމޯޝަންގައި، އެއް ވަނަ އަށް ހޮވޭ މީހަކަށް 10،000ރ. ލިބޭނެ އެވެ. ޕްރޮމޯޝަންގައި ބައިވެރިވާ އިތުރު ހަތަރު މީހަކަށް 2،500ރ. ލިބޭނެ އެވެ. އެއް ވަނަ އަށް ހޮވޭނީ އެންމެ ގިނަ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރެވެ.