Roadha Mihaaru
އޯ ލެވެލް އިމްތިހާން ފަށައިފި

އޯ ލެވެލް އިމްތިހާން ފަށައިފި

28 ސެޕްޓެމްބަރ 2019

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 7000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 7000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.

ރާއްޖޭގެ 194 ސްކޫލެއްގައި މި އިމްތިހާން ބާއްވަ އެވެ. ސްކޫލުތަކުން 7000 އަށްވުރެ ގިނަ ގިނަ ދަރިވަރުން އިމްތިހާން ހަދާއިރު، އަމިއްލަ ސެންޓަރުތަކުން ވެސް އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ.

މިއަދުން ފެށިގެން ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.

އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު އަންނަ މަހުގެ ހަ ވަނަ ދުވަހު އޭލެވެލް އިމްތިހާނު ވެސް ފަށާނެ އެވެ.

ފައިނަލް އިމްތިހާނުގައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންނެވެ. ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވެ ގައުމީ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް އިތުރުވެ އެވެ.