Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އައްޑޫގައި އެކްސިޑެންޓްވި މީހާ އަންނަނީ ރަނގަޅުވަމުން

އައްޑޫ އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން

29 ސެޕްޓެމްބަރ 2019

ސ. މަރަދޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސ. މަރަދޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި 55 އަހަރުގެ ފިރިހެނަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ. އޭގެ އަނެއް ދުވަހު އޭނާ މާލެ ގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޒަހަމްވި މީހާގެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނީ ހާލު ރަނގަޅުވަމުން އަޔަސް އަދި ވެސް ހޭނާރާ ކަމަށެވެ. އޮން/އޮފްކޮށް ވެންޓިލޭޓަރަށް ލާ ކަމަށް ބުންޏެވެ.

"ރަނގަޅުވާން ވަގުތު ނަގާނެ ކަމަށް ޑޮކްޓަރުން ބުނީ. އެކަމަކު ރަނގަޅުވާނެ ކަމަށް ބުނި،" އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ އެކްސިޑެންޓު ހިނގީ ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތްކުރާ އެ މުވައްޒަފުގެ އޮފް ދުވަހު ރަށުތެރޭގައި ދުއްވާލުމަށް ފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ. އެ އެކްސިޑެންޓަށް ފަހު، އަނެއް ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ ފިލި އެވެ. ނަމަވެސް އެ ކުއްޖާ ވެސް ޒަހަމްވެފައި ވާތީ ފަރުވާ ހޯދަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަހުން ދިޔަ އެވެ.