Roadha Mihaaru

އައްޑޫ އެކްސިޑެންޓް: 18 އަހަރުގެ އިލްމު އަދިވެސް ވެންޓިލޭޓަރުގައި

މިދިޔަ މަހުގެ 24 ގައި އައްޑޫ ހުޅުމީދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 މާޗް 2025

މިދިޔަ މަހުގެ 24 ގައި އައްޑޫ ހުޅުމީދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެކްސިޑެންޓުވެ، ފަރުވާދެމުން އަންނަނީ މަރަދޫފޭދޫ، އުމުރުން 18 އަހަރުގެ މުހައްމަދު އިލްމު އަށެވެ.

އޭނާ އެކްސިޑެންޓުވީ ސައިކަލު ރޭސިން ޕްރެކްޓިސްގައި އުޅެނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ، ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައި ޖެހިގެންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އިލްމުއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އިލްމުއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

އޭނާ ޕްރެކްޓިސް ކުރަމުން ދިޔައީ އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސް ނަގައިގެން ހުޅުދޫގައި ބޭއްވި "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް" އަށެވެ.

އިލްމު އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އެކަމަކު، ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ އަށް އެ ދުވަހު މާލެ ގެނައީ އެވެ.

އިމްލު އަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު، އެ ރޭސިން ޗެމްޕިއަންޝިޕަށް ދިޔަ 24 އަހަރުގެ ޒުވާނަކު ވަނީ އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވެފަ އެވެ. އޭނާ ނިޔާވީ 26 ވަނަ ދުވަހެވެ.