Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އައްޑޫގައި ސައިކަލުން ވެއްޓުނު މީހާ މަރުވެއްޖެ

އައްޑޫގައި ސައިކަލުން ވެއްޓި ބޮލަށް ގެއްލުންވި މީހާ މަރުވެއްޖެ

05 ސެޕްޓެމްބަރ 2019

މިދިޔަ އާދީއްތަ ދުވަހު އައްޑޫ ހިތަދޫ ސަރަހައްދީ ބަނދަރަށްދާ ކޯޒްވޭ މަތިން ސައިކަލާ އެކު ވެއްޓި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު މީހާ ފަރުވާ ދެނިކޮށް އައިޖީއެމްއެޗުގައި މިއަދު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އާދީއްތަ ދުވަހު އައްޑޫ ހިތަދޫ ސަރަހައްދީ ބަނދަރަށްދާ ކޯޒްވޭ މަތިން ސައިކަލާ އެކު ވެއްޓި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު މީހާ ފަރުވާ ދެނިކޮށް އައިޖީއެމްއެޗުގައި މިއަދު މަރުވެއްޖެ އެވެ.

މަރުވީ ހިތަދޫ ނާޒުކީގޭ އަހުމަދު ޒަރީރު، 47، އެވެ. އޭނާ މަރުވީ ފަރުވާ ދެނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާގެ ބޮލަށް ލިބުނު ގެއްލުމުގައި ސިކުނޑި އަށް ވަނީ ލޭ ވެސް އެޅިފަ އެވެ.

ޒަރީރު ކޯޒްވޭ މަތިން ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ކޯޒްވޭގެ އަރިމައްޗަށް ވެއްޓި އެތަނުގައި ހުރި ހިލަތަކެއްގައި ބޯ ޖެހި ވަރަށް އަނިޔާވެފައިވެ އެވެ. މި ހާދިސާ ހިނގާފައި ވަނީ އާދީއްތަ ދުވަހު ހެނދުނު އެވެ.

އޭނާ ފަރުވާ އަށް އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލެ ފޮނުވައިލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ފަރުވާ ދިނުމަށް ފަހު އެވެ.