Roadha Mihaaru
ރަނިލް ފަހަތަށް ޖެހިވަޑައިގެން ރިޔާސީ ޓިކެޓް ސަޖިތަށް

ރަނިލް ފަހަތަށް ޖެހިވަޑައިގެން ރިޔާސީ ޓިކެޓް ސަޖިތަށް

29 ސެޕްޓެމްބަރ 2019

ކޮލަމްބޯ (ސެޕްޓެމްބަރު 29) - އަންނަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޓިކެޓުގައި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވާދަނުކުރެއްވުމަށް ނިންމަވައި، ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑެޕިއުޓީ ލީޑަރު ސަޖިތު ޕްރެމަދާސަ ހަމަޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނޮވެމްބަރު 16 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި، ސަޖިތުއާ އެންމެ ބޮޑަށް ވާދަކުރާނެ ކެންޑިޑޭޓެއް ކަމަށް ބެލެވެނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު އަދި ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮޓާބޭ ރާޖަޕަކްސާ އެވެ. ގޮޓާބޭ، 70، ގެ މައްޗަށް ކޮރަޕްޝަނުގެ ބައެއް ތުހުމަތުތައް ކުރި ނަމަވެސް އޭނާ އަކީ ލަންކާގައި މަގްބޫލް ބޭފުޅެކެވެ. ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިރު ގޮޓާބޭ ކުރެއްވި ބައެއް ކަންކަމުގެ މައްސަލަތައް ދަނީ އެމެރިކާ އިން ވެސް ބަލަމުންނެވެ.

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު އަދި ހައުސިން، ކޮންސްޓްރަކްޝަން އެންޑް ކަލްޗަރަލް އެފެއާޒް މިނިސްޓަރު ސަޖިތު ޕްރެމަދާސާ (މ) ޕާޓީގެ އޮފީހުގައި. --ފޮޓޯ:އޭއެފްޕީ

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު އަދި ހައުސިން، ކޮންސްޓްރަކްޝަން އެންޑް ކަލްޗަރަލް އެފެއާޒް މިނިސްޓަރު ސަޖިތު ޕްރެމަދާސާ (މ) ޕާޓީގެ އޮފީހުގައި. --ފޮޓޯ:އޭއެފްޕީ

ސަޖިތަކީ ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުންނެވެ. ޓައިގަރުންގެ ހަމަލާގައި ޕްރެމަދާސާ އަވަހާރަކޮށްލީ 1993 ގަ އެވެ.

ރައީސް މައިތިރިޕާލާ ސިރިސޭނާ، ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން އަދި ޔަގީނެއް ނޫނެވެ. އެޕްރީލް 21 ވަނަ ދުވަހު ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ އާއި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުފެދުނު ސިޔާސީ ހަމަނުޖެހުންގަނޑަށް ފަހު ސިރިސޭނާގެ މަގްބޫލްކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.