Roadha Mihaaru
ބޮޑުވަޒީރުކަން ހޯދުމުގައި ވެސް ޔޫއެންޕީގައި ކޯޅުން

ބޮޑުވަޒީރުކަން ހޯދުމުގައި ވެސް ޔޫއެންޕީގައި ކޯޅުން

14 ޑިސެމްބަރ 2019

ކޮލަމްބޯ (ޑިސެމްބަރު 14) - ސްރީ ލަންކާގައި އަންނަ އެޕްރީލް މަހު އޮންނަ އާއްމު އިންތިޚާބުގައި ބޮޑު ވަޒީރުކަން ހޯދުމުގެ ރޭހުގައި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރަމަސިންހަ އާއި ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސަގެ ސަޕޯޓަރުންގެ މެދުގައި ކޯޅުންތަކެއް އުފެދިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންނަ އާއްމު އިންތިޚާބުގައި ޔޫއެންޕީ ވާދަކުރާނީ ރަނިލްގެ ލީޑަޝިޕުގެ ދަށުން ކަމަށް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އަކިލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވުމާ ގުޅިގެން ސަޖިތުގެ ސަޕޯޓަރުން ވަނީ އެ ވާހަކަތައް ދޮގު ކުރަން ފަށައިފަ އެވެ. ޔޫއެންޕީގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ރަންޖީތު މައްދުމާ ބަންޑާރަ ވިދާޅުވީ ބޮޑު ވަޒީރުކަމުގެ ކެންޑިޑޭޓަކަށް ވަކި ބޭފުޅަކު ހަމަޖެއްސުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ސަޖިތުގެ ލީޑަޝިޕުގެ ދަށުން ވާދަކޮށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ބޮޑު ވަޒީރަކަށް ސަޖިތު ހެދުން ކަމަށެވެ.

ޕާލަމެންޓުގެ އިދިކޮޅު ލީޑަރަކީ ސަޖިތު ކަމަށް ޔޫއެންޕީން ދާދި ފަހުން ވަނީ ހަމަޖައްސައިފަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓަކު ހަމަޖެއްސުމާ މެދު ވެސް ރަނިލް އާއި ސަޖިތާ ދެމެދު ޚިޔާލުތަފާތުވެ ދިގު ބަހުސްތަކެއް ކުރަން ޖެހުނެވެ. އެންމެ ފަހުން ސަޖިތާ މެދު އެއްބަސްވެ އޭނާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނު ނަމަވެސް ގޯޓާބޭ ރާޖަޕަކްސާއާ ވާދަކޮށް ވަނީ ނާކާމިޔާބުވެފަ އެވެ. އިންތިޚާބަށް ފަހު ވަނީ ރަނިލްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ސަޖިތަށް ލިބިފައި ނުވާ ކަމަށް ތުހުމަތުތައް ކުރަން ފަށައިފަ އެވެ.