Roadha Mihaaru
ލަންކާގެ އިދިކޮޅު ލީޑަރަކަށް ރަނިލްގެ ބަދަލުގައި ސަޖިތު

ލަންކާގެ އިދިކޮޅު ލީޑަރަކަށް ރަނިލްގެ ބަދަލުގައި ސަޖިތު

08 ޑިސެމްބަރ 2019

ކޮލަމްބޯ (ޑިސެމްބަރު 8) - ސްރީ ލަންކާގެ އިދިކޮޅު ލީޑަރަކީ ސަޖިތު ޕްރެމަދާސާ ކަމަށް ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޑިސެމްބަރު 8) - ސްރީ ލަންކާގެ އިދިކޮޅު ލީޑަރަކީ ސަޖިތު ޕްރެމަދާސާ ކަމަށް ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.

ޕީޖީގެ ގްރޫޕުގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ އެވެ. އެ ނިންމުން ރަނިލް ވެސް ވަނީ ބަލައިގެންފަ އެވެ. ޕާޓީގެ ލީޑަރުގެ މަގާމަށް ހަމަޖައްސާނެ ބޭފުޅަކު ފަހުން ކަނޑައެޅުމަށް ވަނީ ނިންމައިފަ އެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމާ އެކު ސަޖިތު ވަނީ ޕާޓީގެ ޑިޕިއުޓީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޔޫއެންޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ވެސް ރަނިލް ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ޕާޓީގެ އިސް ބޭފުޅުންގެ ތެރޭން ގިނަ ބަޔަކު ތާއީދު ކުރީ ސަޖިތަށެވެ.

ސަޖިތަކީ ސިޔާސީ އާއިލާއެއްގެ ބޭފުޅެކެވެ. ބައްޕާފުޅު ކުރީގެ ރައީސް ރަނަސިންހަ ޕްރަމަދާސާ އަވަހާރަކޮށްލީ 1993 ވަނަ އަހަރުގެ މެއި ޑޭގެ އެއްވުމެއްގައި ތަމަޅަ ޓައިގަރުން ދިން އަމިއްލަ އަށް މަރުވުމުގެ ހަމަލާއެއްގަ އެވެ. ދެ ބެންގެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ބޭފުޅާ ކަމަށްވާ ސަޖިތު، މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މެދުފަންތީގެ އާއިލާތަކަށް ގެ އަޅުއްވައިގެން ވަނީ އެތައް ބައެއްގެ ލޯބި ހޯއްދަވައިފަ އެވެ.