01 އޮކްޓޯބަރ 2019
ބިދޭސީންގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ މީހުން އަލުން ރަޖިސްޓަ ވާން ފުރުސަތު ދިނުމުން، އެކަމަށް އެދި އޮފީސް ދޮށަށް އެއްވާ މީހުން ގިނަވެ، އަރައިރުންވުމާއި ތަޅާފޮޅުމާއި އާންމުންނަށް އުނދަގޫވުން ފަދަ އެތައް ކަމެއް ކުރިމަތިވާން ފަށައިފި އެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ މީހުން އަލުން ރަޖިސްޓަ ވާން ފުރުސަތު ދިނުމުން، އެކަމަށް އެދި އޮފީސް ދޮށަށް އެއްވާ މީހުން ގިނަވެ، އަރައިރުންވުމާއި ތަޅާފޮޅުމާއި އާންމުންނަށް އުނދަގޫވުން ފަދަ އެތައް ކަމެއް ކުރިމަތިވާން ފަށައިފި އެވެ.
މަޖީދީ މަގުގައި ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުން ކިޔޫ ނަންބަރު ދޫކުރުމުގެ އެތައް ގަޑިއިރެއް ކުރިން، އެ ސަރަހައްދުގައި ބަންގްލަދޭޝްގެ އެތައް ސަތޭކަ ބަޔަކު ކިޔޫގައި ޖެހެ އެވެ. ކިޔޫ ނަންބަރު ދޫކުރަން ފަށަނީ ކޮންމެ ދުވަހަކު ހެނދުނު 07:30 ގަ އެވެ.
މިއަދު ވެސް އެ ސަރަހައްދުގެ ކިޔޫ، އޭޑީކޭ ހޮސްޕިޓަލާ ހަމަޔަށް އޮތެވެ. ދުވާލަކު މިނިސްޓްރީން ދޫކުރާ 150 ނަންބަރު ނިމުމުން، އެހެން މީހުން އެ ސަރަހައްދުން ފޮނުވާލަން ފުލުހުން މަސައްކަތްކުރެ އެވެ.
އެ ސަރަހައްދުގައި ކިޔޫގައި ޖެހިގެން ހުރި ބަންގްލަދޭޝް މީހަކު ބުނީ ރަޖިސްޓާ ވާން މާލެ އައިސް އުޅޭތާ ހަތަރު ދުވަސް ވެއްޖެ ކަމަށެވެ. އއ. މަތިވެރީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅޭ އެ މީހާ ބުނި ގޮތުގައި މިހާރު ދޫކުރާ ވަރަށް ވުރެ ގިނައިން ނަންބަރު ދޫކުރަން ޖެހެ އެވެ.
އޭނާގެ އަތުގައި ޕާސްޕޯޓެއް ނެތެވެ. ޕާސްޕޯޓް ވީ، އޭނާ ބުނި ގޮތުގައި، އެންމެ ފުރަތަމަ އޭނާ ރާއްޖެ ގެނައި ދިވެހި ސްޕޮންސަރުގެ އަތުގަ އެވެ. ފިލަން ޖެހުނީ ގަވާއިދުން މުސާރަ ނުދޭތީ ކަމަށް ވެސް ބުންޏެވެ.
"ރޭ ތިނެއް ޖެހި އިރު އައީ. އެކަމަކު މިއަދު ވެސް ނަންބަރެއް ނުލިބޭ،" އޭނާ ބުންޏެވެ.
ބިދޭސީންނަށް ގަވައިދަށް ވަނުމުގެ ފުރުސަތު ހުޅުވާލުމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ބިދޭސީން މިހާރު ދަނީ މާލެ ޖަމާވަމުންނެވެ.
ބ. ތުޅާދޫގެ ރެސްޓޯރެންޓެއްގައި އުޅޭ ބަންގްލަދޭޝަން މީހަކު ހުރީ އިންތިޒާމުތަކާ މެދު ހިތްހަމަނުޖެހިފަ އެވެ.
ބިދޭސީއަކު ޓޯކަން ނަންބަރު ހިފައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަންނަ މީހުން ގިނަވުމުން ކަމާ ބެހޭ ޔުނިޓަށް ވަނީ ބާރު ބޮޑުވެފަ އެވެ. އެހެންކަމުން މިހާރު ކުރިއަށް ގެންދާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ވެސް ގަބޫލުކުރެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓްރީގެ ރިސޯސް ހުރި ގޮތުން ދުވާލަކު ދޫކުރެވެނީ 150 ނަންބަރު ކަމަށާއި ނަމަވެސް އިތުރަށް ނަންބަރު ދޫކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
ދުވާލަކު 150 ނަންބަރު ދޫކުރާ ނަމަ އެއީ މަހަކަށް 3،000 ނަންބަރެވެ. ސަރުކާރުން މިހާރު ދީފައިވާ ހަ މަސް ދުވަހުފގެ މުއްދަތަށް ބަލާ ނަމަ އެއީ 18،000 ނަންބަރެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 މީހުން އުޅޭނެ ކަމަށް، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރިން ލަފާކޮށްފައިވެ އެވެ.
މުއްދަތުގައި އެ އެންމެން ރަޖިސްޓްރީ ކުރާ ނަމަ، މިހާރަށް ވުރެ ގިނަ ނަންބަރު ދޫކޮށްގެން ނޫނީ ހަމަޔަކަށް ނޭޅޭނެ ކަމަށް ބެލެވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ބިދޭސީން އަލަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި މިނިސްޓްރީގެ މުވައްޒަފުން ރޭގަނޑު ވަންދެން އުޅޭ ކަމަށެވެ.
އަލުން ރަޖިސްޓަ ވާން ޖެހެނީ، ވަކި ކުންފުންޏެއްގެ ދަށުން މަސައްކަތް ނުކުރާ މީހުންނެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށައެޅެ އެވެ.
We will try to take measures to ease the ques for expat regularisation. However we have given 6 months for the registration and it’s not necessary to que overnight. Unfortunately at the moment we don’t have resources to serve more than 100-150 per day.
— Fayyaz Ismail (@faya_i) September 25, 2019
މިނިސްޓަރު ފައްޔާޒުގެ ޓްވީޓް
ބިދޭސީން ރަޖިސްޓްރީކުރުން ގަލޮޅު ދަނޑަށް ބަދަލުކުރަނީ
ބަންގްލަދޭޝް މަސައްކަތްތެރިން ނުލިބި ވިޔަފާރި ހުއްޓިދާނެ
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
175 އިންވެސްޓަރަކާއެކު ރާއްޖެއިން ބޮޑު ފޯރަމެއް
އޭޖެންޓުން ލައްވާ ބިދޭސީން ގެންނަން މަޖުބޫރެއްނުކުރާނެ
24،000 ބިދޭސީން ފޮނުވާލައިފި، ކޯޓާ ދިނުން ދަށަށް
ބިދޭސީން ވަޒީފާއަށް ގެނައުން ކޮންޓްރޯލްކުރެވިއްޖެ:ރައީސް
ބިދޭސީންގެ ހައްގު ރާއްޖެ އިން ލިބިދޭނެ: ފައްޔާޒު
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
"މި އަހަރު 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ"