04 އޮކްޓޯބަރ 2019
ރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ސިވިލް ބަޔަކަށް ހެދުމަށް ބޭނުންވާ ވަސީލަތް އެކަށީގެންވާ ވަރަށް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ސިވިލް ބަޔަކަށް ހެދުމަށް ބޭނުންވާ ވަސީލަތް އެކަށީގެންވާ ވަރަށް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 20 ގައި މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޔާ ޓީމުން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފުލާގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އަލިފާން ނިއްވުމުގެ ޚިދުމަތް ސިވިލް ބަޔަކަށް ބަދަލު ކުރުމަށް ބައެއް ފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ. ނަމަވެސް އެގޮތަށް ހަދައިފި ނަމަ ރާއްޖޭގައި މިހާރު ހުރި ވަސީލަތްތަކުން ނުފުއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެމްއެންޑީއެފް ގައި ފަޔާ ސާވިސް އެއް. ފަޔާ ބްރިގޭޑެއް. ސިވިލް ހިދުމަތެއްގެ ގޮތުގައި ކޮންމެ ރަށެއްގައި ފަޔާ ސާވިސްއެއް. މި ގޮތަށް ބަހައްޓަން ޖެހިއްޖިއްޔާ އަޅުގަނޑުމެންގެ ވަސީލަތްތައް އެބަ ޖެހޭ ބަހާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި، އެމްއެންޑީއެފްގެ ދަށުގައި ފަޔާ އެންޑް ރެސްކިއު ސާވިސް އޮންނާތީ ބައެއް މީހުންގެ ފާޑުކިޔުންތައް އެބަހުއްޓެވެ. އެގޮތުން އެ ހިދުމަތަށް ލިބެން ޖެހޭ އެހީތެރިކަން އެމްއެންޑީއެފްގެ ފަރާތުން ނުލިބޭ ކަމަށް މީހުން ބުނަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތަށް އެހީތެރިކަން ބޭނުންވާ ނަމަ އެކަން ބޭރުގެ ގައުމުތަކުން ލިބޭނެ ކަމަށެވެ.
"އަޅުގަނޑު ކައިރީގައި ވާހަކަ ދައްކަވާ ބޭފުޅުން ހަމަ ވިދާޅުވޭ އެމްއެންޑީއެފް ދަށުގައި ފަޔާ އެންޑް ރެސްކިއު އޮތީމާ އެ ލިބެން ޖެހޭ އެހީތެރިކަން ނުލިބެއޭ. އަޅުގަނޑަށް ދެންނެވޭނީ އޭގައި ބޭނުންވަނީ ޕޮލިޓިކަލް ވިލް އެކޭ. އެހީތެރިކަން ބޭރު ގައުމުތަކުން ފޯރުކޮށްދޭ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާތަކަކީ ރާއްޖޭގައި މަދުން ހިނގާ ކަމަކަށް ވާތީ، އެ ކަމަށް ހާއްސަ ކޮށްގެން ސިވިލް ބަޔަކު ތިބުން މުހިންމެއް ނޫނެވެ. އެމްއެންޑީއެފްގެ ފަޔާ ޓީމުން ފަޔާ އެންޑް ރެސްކިއުގެ އިތުރުން އެހެން ކަންތައް ކުރާކަން ފާހަގަކުރައްވައި މިިނިސްޓަރު ވިދާޅުވީ އެއީ ރާއްޖޭގެ ވަސީލަތްތައް ބެހުމަށް އޮތް ރަނގަޅު ހައްލު ކަމަށެވެ.
ހުރިހާ ހިދުމަތަކީ ވެސް ރައްޔިތުންގެ ފައިސާ އިން ކުރިއަށް ގެންދަން ޖެހޭ ހިދުމަތްތަކަށް ވުމުން އިގްތިސާދަށް އެންމެ ފައިދާ ކުރާނެ ގޮތަކާ މެދު ވިސްނުން މުހިންމު ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ގުދަންތަކުގެ ސަލާމަތީ ބައެއްކަންކަމަށް އިތުރު ފުރުސަތެއް
ފަޔަމަނުން ތަމްރީނުކުރަން ޔޫއޭއީން އެހީވަނީ
ކަންބޮޑުވުން އުފެދޭ ކަހަލަ ވާހަކަ ނުދައްކާ!
ކެމިކަލް ގުދަންތައް މާލޭން ބޭރުކުރަން ހުށަހަޅަނީ
ތެލުގެ ވިޔަފާރިކުރާ ތަންތަނުން ނުރައްކާ ބޮޑުވެދާނެ
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެއްޖެ
ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެއްޖެ
ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެއްޖެ
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ