ލަންޑަން (އޮގަސްޓް 6) - އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ބޭނުންވާ މުސާރަ ދީގެން އޭނާ އެ ޓީމުގައި މަޑުކުރުވަން އެ ކްލަބްގެ ބޯޑުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (އޮގަސްޓް 6) - އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ބޭނުންވާ މުސާރަ ދީގެން އޭނާ އެ ޓީމުގައި މަޑުކުރުވަން އެ ކްލަބްގެ ބޯޑުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮބާމަޔަން އާސެނަލާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. އެއްބަސްވުން އާ ކުރަން މިހާތަނަށް ކުރި މަސައްކަތަށް އަލި މަގެއް ލިބިފައިނުވި ނަމަވެސް ދާދި ފަހުން އާސެނަލުން އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ފަހުން ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތަކަށް އެކަށީގެންވާ ކުރިއެރުމެއް ވަނީ ލިބިފަ އެވެ.
އެފްއޭ ކަޕް ޗެމްޕިއަންކަން އާސެނަލުން ހޯދުމުގައި އޮބާމަޔަންގެ ދައުރު ބޮޑެވެ. ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ ކޮޅަށް ދެ ގޯލު ޖެހުމުގެ އިތުރުން ފައިނަލުގައި ޗެލްސީ ކޮޅަށް ވެސް އޮބާމަޔަން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އޮބާމަޔަން އެ ޓީމުގައި މަޑުކުރުވުން މުހިއްމު ކަމަށާއި އޭނާ އަށް ބަލައިގެން ޓީމު އެކުލަވާލަން ބޭނުންވާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި އާސެނަލުން މީގެ ކުރިން ހުށަހަޅާފައި އޮތީ ހަފްތާ އަކު 200،000 ޕައުންޑްގެ މުސާރައެކެވެ. މިހާރު ބޯނަސް ހިމެނޭ ގޮތަށް ހަފްތާ އަކު އޮބާމަޔަން އަށް 280،000 ޕައުންޑް ދޭން އާސެނަލް ބޯޑުން އޮތީ ތައްޔާރަށެވެ.
އުމުރުން 30 އަހަރުގެ އޮބާމަޔަން އާސެނަލްގައި މަޑުކުރަން މިހާރު ބޭނުންވާ އަނެއް ސަބަބަކީ ޓްރާންސްފާ މާކެޓްގައި އެ ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކަތް ރަނގަޅުވުމެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލުން އަންނަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅޭ ފިލިއްޕޭ ކުޓީނިއޯ އާއި ހިލޭ ޓްރާންސްފާއެއްގައި ޗެލްސީގެ ވިލިއަންގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންނެވެ. މި ދެ ކުޅުންތެރިން އާސެނަލަށް ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އާސެނަލްގެ ޓެކްނިކަލް ޑިރެކްޓަރު އެޑޫއާ ހަވާލާދީ ބްރެޒިލްގެ މީޑިއާ އަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ކުރިން އޭސީ މިލާނާއި ޑޯޓްމަންޑަށް ވެސް ކުޅެފައިވާ އޮބާމަޔަން ހޯދަން އިޓަލީގެ ކްލަބްތަކުންނާއި ސްޕެއިނުގެ ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެކުރިން އޭނާ އެންމެ ބޮޑަށް މަޝްވަރާކުރި އެއް ޓީމަކީ ބާސެލޯނާ އެވެ.
ފަހު ވަގުތު ހިލޭ ޓްރާންސްފާގައި އޮބަމަޔަން ބާސާ އަށް
އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލީ މަޖުބޫރުވެގެން
އޮބާމަޔަން އާސެނަލްގެ ކޮންޓްރެކްޓް އާކޮށްފި
އާސެނަލްގައި މަޑުކުރުމާ މެދު އޮބާމަޔަންގެ ހިޔާލު ތަފާތު
އޯބަމަޔަން މަޑުކުރުވަން އާޓެޓާ ވަރަށް ބޮޑަށް ބޭނުންވޭ
އިންޓަ އާއި ބާސެލޯނާ އިން އޮބާމަޔަން އަށް ފާރަލަނީ
ޑޯޓްމަންޑުގެ ވެރިއަކަށް އޮބާމަޔަންގެ ރައްދެއް!
ލުކާކޫގެ ބަދަލުގައި ޔުނައިޓެޑުން އޮބާމަޔަން ގެންނަނީ
އޯބަމަޔަން އާސެނަލަށް ބަދަލުވެއްޖެ
އާސެނަލަށް އޯބަމަޔަން ގެނައުމުގެ ބާރު ޖިރޫ އަތްމަތީގައި