ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއި ކުރައްވައިފި އެވެ.
07 އޮކްޓޯބަރ 2019
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއި ކުރައްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ޕީޕީއެމްގައި އުޅުއްވި ވައްޑެ، ޖޭޕީއާ ގުޅިވަޑައިގަތީ ތުލުސްދޫ ދާއިރާގެ 300 މީހުންނާ އެކުގަ އެވެ. އެ ފޯމުތައް އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިީމާ މިރޭ ހަވާލު ކުރައްވައިފަ އެވެ.
ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް ނުކުންނަވައި އޭރުގެ އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ފެއްޓެވުމުން އޭނާ ހިމެނިވަޑައިގަތީ މަޖިލީހަށް ވެންނެވުމަށް ސަރުކާރުން ހުރަސް އެޅުއްވި 12 މެމްބަރުންގެ ތެރޭގަ އެވެ.
ކުނޫޒްގައި ބޭއްވި ޖަލްސާގައި އެކަން ފާހަގަކުރައްވަމުން ވައްޑެ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޕޯޑިއަމްތަކާއި މަސައްކަތްތަކަށް ވެސް އޭނާ އަލެއް ނޫން ކަމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް އެ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި އެތައް މަސައްކަތެއް ކުރައްވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވި އެވެ.
އޭރު ވެސް ރައްޔިތުންނަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަތް އެއް ބޭފުޅަކީ ގާސިމް ކަމަށް ވިދާޅުވެ އޭނާ އަށް ތައުރީފް ކުރެއްވި އެވެ.
ޕީޕީއެމްގައި ހުންނަވައި އިސްލާހަށް ނުކުންނެވުމާ އެކު އެތައް އުނދަގުލެއް ކުރިމަތި ކުރުވި ކަމަށް ވިދާޅުވި އެވެ. އޭރު، ގާސިމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލަށް ލުމުން އެކަމަށް ތާއީދު ކުރައްވައި ހަނު ތިއްބެވި ބޭފުޅުން މިހާރު ފެންނަނީ ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ކަމަށް ވިދާޅުވެ ވަކިވަކިން ބައެއް ބޭފުޅުންގެ ނަން ވެސް ވައްޑެ މިރޭ ވިދާޅުވި އެވެ.
އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީނާއި ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދަގެނތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދާއި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު މުބީނާއި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެއިން އެއްވެސް ބޭފުޅަކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ކަންކަމަށް އެމަނިކުފާނު މާފަށް އެދިވަޑައިނުގަތަސް މާފް ކުރައްވާފައިވާ ކަމަށް ވައްޑެ ވިދާޅުވި އެވެ. ހަސަދަވެރިކަމާއި ނަފްރަތު ހިތުގައި ބޭއްވުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"...މާޒީ ހަނދާން ނައްތާލުމަށް ފަހުގައި އަޅުގަނޑުމެން ކުރިއަށް މި ފިޔަވަޅު އެޅީ. ދަންނަވަންތޯ އަދިވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ލޯބި ލިބެން އޮތް ވަރުގަދަ ވަސީލަތަކީ އެންމެ ނިކަމެތި ރައްޔިތުންނާ ދޭތެރޭގައި އޯގާތެރިވެ ހަމްދަރުދީވާ މީހާ. ޖުމްހޫރީ ޕާޓީގެ ލީޑަރަކީ އެފަދަ ކަންތައް ކުރައްވާ ބޭފުޅެއް،" ވައްޑެ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ ރާއްޖޭގެ ރައީސަކަށް ގާސިމް ހޮއްވަވައިފި ނަމަ އެންމެ ނިކަމެތި ރައްޔިތު މީހާގެ ވެސް އަޑު އައްސަވާނެ ކަމަށެވެ. އެ ދުވަހަކުން އެންމެ އުފާވާނީ ވެސް އެ ރައްޔިތުން ކަމަށާއި އޭނާ މަސައްކަތް ކުރައްވާނީ އެ މަގަށް ކަމަށް ވިދާޅުވި އެވެ.
"އަނިޔާކުރި" މީހުންނަށް ވައްޑެ ރީތިކޮށް ބަވާލައިފި
ޖޭޕީއަކީ ދަލު ބޭރުން ޖެހޭނެ ޕާޓީއެއް ނޫން: ގާސިމް
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ޕީޕީއެމުން ގާސިމް ގާތަށް
ތާއީދު ހޯއްދަވަން ގާސިމް، ވަހީދުއާ ބައްދަލުކުރައްވައިފި
ގާސިމްގެ ޝަކުވާ: އަޅުގަނޑު ތަޖުރިބާނުކުރަންވީ ކީއްވެ؟
ގާސިމަށް ކުރި ބޮޑެތި ތުހުމަތު ޕީޕީއެމުން ދިފާއުކޮށްފި
ޔާމީނަށް އިންސާފު ހޯދައިދޭން ގާސިމް ގޮވާލައްވައިފި
ޔާމީނަށް އިންސާފު އަވަސްކުރުން މުހިންމު: އަމީން
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"