24 ސެޕްޓެމްބަރ 2016
ދެރަވުމުން ވަރަށް ގަދަޔަށް ރޯލުމުން ސިކުނޑިއަށް ލުއި ލިބޭ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. ހަމަ މިކަހަލަ އެހެން ކަމެކެވެ. ފަހުގެ ދިރާސާއެއްގައި ބުނަނީ ހިތާމަވެރި ފިލްމެއް ބެލުމަކީ "ތަދު ކަނޑުވާ ގުދުރަތީ ބޭހެއް" ބޭނުންކުރުން ފަދަ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
ދެރަވުމުން ވަރަށް ގަދަޔަށް ރޯލުމުން ސިކުނޑިއަށް ލުއި ލިބޭ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. ހަމަ މިކަހަލަ އެހެން ކަމެކެވެ. ފަހުގެ ދިރާސާއެއްގައި ބުނަނީ ހިތާމަވެރި ފިލްމެއް ބެލުމަކީ "ތަދު ކަނޑުވާ ގުދުރަތީ ބޭހެއް" ބޭނުންކުރުން ފަދަ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
ހިތާމަވެރި ފިލްމެއް ބެލުމުން، ތަދު ކަނޑުވާ ގުދުރަތީ ބޭހަކުން ހަށިގަނޑަށް ކުރާ އަސަރުތައް ކޮށް ހަށިގަނޑަށް ދިރުން ލިބޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ރޮބިން ޑަންބާ ހާމަކުރައްވާފައިވާ ގޮތުގައި ފިލްމެއްގައި ދައްކާ ދެރަވާ މަންޒަރެއް ބެލުމުން ފެންކަޅިވުމަކީ އޭގެ ސަބަބުން ހިތްހަމަޖެހުން އިހްސާސްވާ ކެމިކަލެއް ކަމަށްވާ އެންޑޯޕިންސް އުފައްދަން ފަށާނެ ކަމެކެވެ. މި އެންޑޯފިންސް އޭގެ ފަހުން ހަރަކާތްތެރިވާނީ ގުދުރަތީގޮތުން ތަދުކަނޑުވާލާ ބޭހެއް ފަދައިންނެވެ.
އެހެންކަމުން ތަނަކަށް ތަދުވާ ނަމަ ނުވަތަ ހިތްހަމަނުޖެހޭ ކަމެއް ނުވަތަ ދެރަވާކަމެއް ދިމާވެގެން ހިތްދަތިވެފައިވާ ނަމަ އަވަހަށް ފިލްމެއް ބަލާލާށެވެ. ނަމަވެސް މިގޮތަށް ބަލަން ވާނީ ވަރަށް ދެރަވެގެން ރޮވޭ ކަހަލަ ފިލްމެކެވެ. މީގެ ފައިދާ ރަނގަޅަށް ކުރާނީ ރޮވުނު ވަރަކުންނެވެ!
މިފަދަ ފިލްމަކުން ލިބޭ ފައިދާ އަކީ ތަދު އިހްސާސްވާލެއް ކުޑަވުން އެކަންޏެއް ނޫނެވެ. އެމީހާއަށް ޖަޒުބާތީ ގޮތުން ވެސް ހިތްހަމަޖެހުންތަކެއް ލިބޭނެ އެވެ. އަދި އޭނާގެ ވަށައިގެން ތިބި މީހުންނާ އެމީހަކާ އޮތް ގުޅުން ވެސް މާ ބަދަހިކުރެވޭނެ އެވެ.
ޕްރޮފެސަރު ޑަންބާ ވިދާޅުވަނީ އެންމެ ބޮޑަށް ވޭންތަކަށް ލުއި ލިބޭނީ ފިލްމު ބަލާފައި އެންމެ ގަދަޔަށް ރޮވޭ މީހުންނަށް ކަމަށެވެ. އަދި އެހެން މީހުންނާ އޮންނަ ގުޅުން ބޮޑަށް ބަދަހިވެއްޖެކަމުގެ އިހްސާސް ވާނީ ވެސް ގަދަޔަށް ރޮވޭ މީހުންނަށެވެ.
ރޯޔަލް ސޮސައިޓީ އޯޕަން ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ އަމާޒުކޮށްފައި ވަނީ ހިއުމަން ބައޮލޮޖީ އާއި ހިޔާލީ ވާހަކަތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށެވެ.
ޚިޔާލީ ކަންތައްތަކަކީ ޒަމާނުއްސުރެ އެ އިރަކު އުޅޭ ބަޔެއްގެ ދިރިއުޅުމުގެ މުހިއްމު ބަޔަކަށް ވިޔަސް މި ދާއިރާއިން ދިރާސާތައް ހެދިފައިވަނީ ވަރަށް މަދުންނެވެ.
ފިލްމަކުން އެހާ ބޮޑަށް އިންސާނަކަށް އަސަރު ކުރަންޖެހޭ ސަބަބުތަކާ ބެހޭ ގޮތުން ސައިކޮލޮޖިސްޓުންނާއި ބިހޭވިއަރަލް ބައޮލޮޖިސްޓުން މިހާތަނަށް މާ ފުޅާކޮށް ދިރާސާކޮށްފައެއް ނުވެ އެވެ.
ތަދު ކަނޑުވާ ބައެއް ބޭހުން އިވުމަށް އަސަރުކުރޭ
ފިޔަވަޅުތަކާ އެކު ކޮވިޑްގައި ސްކޫލްތައް މާ ރައްކާތެރި
ކޮވިޑް ޖެހުމުން ދިގު މުއްދަތަކަށް ހިމާޔަތް ލިބިދާނެ
ލޮނުފެނަކީ ކޮވިޑް-19 އަށް ފަރުވާއެއްތޯ ދިރާސާކުރަނީ
"ކޮވިޑް19 ފެތުރެނީ ބަލިޖެހޭތާ 11 ދުވަސް ވަންދެން"
ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން
ވަކި ބަޔަކަށް ކޮރޯނާވައިރަސް ނުރައްކާ ސަބަބު ހޯދަނީ
ވަސް ނުދުވުމާއި ރަހަ ނުލުން: ކޮރޯނާވައިރަހުގެ ނިޝާނެއް
އަންހެނުންނަށް ނިދި މަދުވާ ނަމަ ކަށި ފީވުން އަވަސްވޭ
ކެނަބިސް އިން ޓެސްޓިކިއުލާ ކެންސަރުގެ ނުރައްކާ ބޮޑުވޭ