Roadha Mihaaru
ފިޔަވަޅުތަކާ އެކު ކޮވިޑްގައި ސްކޫލްތައް މާ ރައްކާތެރި

ފިޔަވަޅުތަކާ އެކު ކޮވިޑްގައި ސްކޫލްތައް މާ ރައްކާތެރި: ދިރާސާ

15 މާޗް 2021

އެހެން ތަންތަނާ އަޅާބަލާއިރު އެމެރިކާގެ ސްކޫލްތަކުގައި ކޮވިޑް-19 ފެތުރު މިންވަރު ދަށް ކަމަށާއި ސްކޫލްގައި ތިބޭއިރު ހަ ފޫޓު ގައިިދުރުކަން ބެހެއްޓުމާއި ތިން ފޫޓް ގައިދުރުކަން ބެހެއްޓުމުގައި މާބޮޑު ތަފާތެއް ނެތް ކަމަށް އެމެރިކާގައި ކުރި ދިރާސައަކުން ދައްކައިފި އެވެ.

އެހެން ތަންތަނާ އަޅާބަލާއިރު އެމެރިކާގެ ސްކޫލްތަކުގައި ކޮވިޑް-19 ފެތުރު މިންވަރު ދަށް ކަމަށާއި ސްކޫލްގައި ތިބޭއިރު ހަ ފޫޓު ގައިިދުރުކަން ބެހެއްޓުމާއި ތިން ފޫޓް ގައިދުރުކަން ބެހެއްޓުމުގައި މާބޮޑު ތަފާތެއް ނެތް ކަމަށް އެމެރިކާގައި ކުރި ދިރާސައަކުން ދައްކައިފި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ސޯޝަލް ޑިސްޓެންސިން ނުވަތަ ގައިދުރުކަން ބަހައްޓަން ހުރިހާ ގައުމެއްގައި ވެސް ލަފާ ދިނެވެ. އެއީ ކޮވިޑް ފެތުރޭލެއް ފަސޭހަކަމުން އެ ބަލިން ރައްކާތެރިވާން އެންމެ މުހިންމު ކަމަށް ވެފައި އޮންނަނީ ބަލި ޖެހިފައި ހުރި މީހަކާ ގާތް ނުވުން ކަމަށް ވާތީ އެވެ.

ބޭތު އިޒްރާއިލް ޑީކޮންނެސް މެޑިކަލް ސެންޓަރުން ދިރާސާކޮށް ކްލިނިކަލް އިންފެކްޝަސް ޑިޒީޒް ޖާޏަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި މި ތިން ފޫޓާއި ހަ ފޫޓުގެ ރައްކާތެރިކަން ހުރި ވަރެއް ބަލާފައިވެ އެވެ. ނަތީޖާއަކަށް އައީ މާބޮޑު ތަފާތެއް ނެތް ކަމަށެވެ.

މި ދިރާސާކުރުމަށް 251 ސްކޫލެއްގައި ދަރިވަރުންނާއި މުވައްޒަފުން ގައިދުރުކަން ބެހެއްޓި ގޮތް ބެލި އެވެ. މީގެ ތެރޭގައި 537،000 ދަރިވަރުންނާއި 10،000 މުވައްޒަފުން ހިމެނެ އެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި އާންމު އެހެން ތަންތަނަށް ވުރެ، ސްކޫލްތަކުގައި ކޮވިޑް ފެތުރުނުލެއް މަދެވެ. އަދި ސްކޫލަށް ހާޒިރުވެގެން ކިޔަވައިދިނުމަކީ ބަލި ފެތުރޭ މައިގަނޑު ސަބަބެއް ނޫންކަން ވެސް ދިރާސާއިން އެނގުނެވެ.

ދިރާސާގައި އިސްކޮށް ހުންނެވި ޕޮލީ ވެން ޑެން ބާގް ވިދާޅުވީ މި ދިރާސާގެ ނަތީޖާ މުހިންމުވަނީ ކުރިން ހީކުރެވިފައިވާ ގޮތާ ހިލާފަށް، އެކަކު އަނެކަކު ކައިރީގައި ތިބެވިދާނެ ގޮތްތަކެއް އެބަހުރިކަން ހާމަވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މާސްކް އަޅައިގެން ތިބޭ ނަމަ، ހަ ފޫޓު ދުރުގައި ހުރުމެކޭ ތިން ފޫޓު ދުރުގައި ހުރުމެކޭ، ބަލިން ރައްކާތެރިކަން ލިބުމުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ.

"ގައިދުރުކަން ތިން ފޫޓުގައި ބެހެއްޓި ސްކޫލްތަކާއި ހަ ފޫޓުގައި ބެހެއްޓި ސްކޫލްތަކުގައި ދަރިވަރުން އަދި ޓީޗަރުންގެ ތެރޭގައި ވެސް ބަލި ފެތުރުމުގައި މާބޮޑު ތަފާތެއް މި ދިރާސާއަކުން ފާހަގައެއް ނުވި. ބައެއް ސްކޫލްތަކުގައި ހަ ފޫޓުގެ ގައިދުރުކަން ނުބެހެއްޓުމު އެެއް ސަބަބަކީ ޖާގައިގެ ދަތިކަން،" ވެން ޑެން ބާގް ވިދާޅުވި އެވެ.

ދިރާސާ އިން މިހެން ދެއްކި ނަމަވެސް އެމެރިކާގެ ސީޑީސީން ވަނީ ސްކޫލްތައް އަލުން ހުޅުވާއިރު ހުރިހާ ޓީޗަރުންނަށް ވެކްސިން ދިނުމާއި ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ގައިޑްލައިނެއް ހަދައިފަ އެވެ.