ކޮވިޑް-19 ވަރަށް ކުޑަކޮށް ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ވެސް އެ ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ވަރަށް ދިގު މުއްދަތަކަށް ހުންނަ ކަމުގެ ނިޝާންތަކެއް މިކަމާ ބެހޭ ގޮތުން ކުރަމުން އަންނަ ދިރާސާތަކުގެ ކުރީކޮޅުގައި ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
18 އޯގަސްޓް 2020
ކޮވިޑް-19 ވަރަށް ކުޑަކޮށް ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ވެސް އެ ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ވަރަށް ދިގު މުއްދަތަކަށް ހުންނަ ކަމުގެ ނިޝާންތަކެއް މިކަމާ ބެހޭ ގޮތުން ކުރަމުން އަންނަ ދިރާސާތަކުގެ ކުރީކޮޅުގައި ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ޖެހުމުން އުފެދޭ އެންޓިބޮޑީސް އާއި ބީ-ސެލްސް އާއި ޓީ-ސެލްސް އަށް، ކޮވިޑް ޖެހޭތާ އެތައް މަހެއް ފަހުން ވެސް ކޮވިޑްގެ ވައިރަސް ދެނެގަންނަން އެނގެ އެވެ. އަދި ބައްޔާ ދެކޮޅަށް މަސައްކަތްކޮށް ހަށިގަނޑު ދިފާއުކުރަން މަސައްކަތްކުރެ އެވެ.
"މިއީ އެންމެން ވެސް އުންމީދުކުރާ ގޮތަކީ. [ބަލިން ދިފާއުކޮށްދޭނެ] އިމިއުން ރެސްޕޯންސްގެ ހުރިހާ ސިފައެއް އެބަ ފުރިހަމަވޭ،" މިހާރު ރިވިއު މަރުހަލާގައިވާ ދިރާސާތަކުގައި އިސްކޮށް ހުންނެވި، ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ އިމިއުނޮލޮޖިސްޓް މެރިއަން ޕެޕަ، ނޭޗާ ޖާނަލްގައި ލިޔުއްވާފައިވެ އެވެ.
"މިއީ ވަރަށް އުންމީދީ ހޯދުމެއް،" ކޮރޯނާވައިރަސްގެ އިމިއުން ރެސްޕޮންސާ ގުޅޭ ގޮތުން ދިރާސާކުރައްވާ، ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ އިމިއުނޮލޮޖިސްޓް ސްމީތާ ލަޔާ ޓައިމްސް އަށް ވިދާޅުވެފައިވެ އެވެ. "މިއީ ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ އިމިއުނިޓީ ލިބޭނެ ކަމުގެ އުންމީދު އާވެގެން ދިޔަ އަދި ވެކްސިންގެ އުންމީދު ވެސް ބޮޑުވެގެން ދިޔަ ހޯދުމެއް."
ޔުނިވާސިޓީ އޮފް އަރިޒޯނާގެ އިމިއުނޮލޮޖިސްޓެއް ކަމަށްވާ ދީޕްތާ ބަޗާރިޔާ ޓައިމްސް އަށް ވިދާޅުވީ ކޮވިޑް ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތްކުރަނީ "އެކަން ހިނގަންޖެހޭ މަގުން ބަރާބަރަށް" ކަމަށެވެ. އޭނާ ވެސް އިޝާރާތް ކުރެއްވީ ކޮވިޑް ޖެހުމުން ހަށިގަނޑުގައި ދިފާއީ އެންޓިބޮޑީސް އުފެދި ދިގު މުއްދަތަކަށް ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން ހަށިގަނޑަށް ލިބޭނެ ގޮތަށް ކަންކަން ހިނގަމުން ދިޔުމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާ އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރި މިހާތަނަށް 21 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވާއިރު 776،000 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. ބައްޔާ ދެކޮޅަށް ބޭނުންކުރެވޭނެ ވެކްސިނެއް އީޖާދުކުރުމުގެ ރޭހުގައި އެތައް ސަތޭކަ ކުންފުންޏަކުން މަސައްކަތްކުރަމުން އަންނައިރު އުންމީދީ ނަތީޖާތަކެއް މިހާތަނަށް ވެސް ވަނީ ފެނިފަ އެވެ. އެކަމަކު އެއްފަހަރު ކޮވިޑް ޖެހޭ މީހަކަށް އަލުން އެ ބަލި ނުޖެހި ހުންނާނީ ކިހާ ދުވަހަކު ކަމެއް ޔަގީން ނުވާތީ އާއި ވެކްސިން އިން ހިމާޔަތް ލިބޭނީ ކިހާ މުއްދަތަކަށްކަން މިހާތަނަށް ވެސް ކަށަވަރުކުރެވިފައެއް ނުވެ އެވެ.
"ވެކްސިނުން 154 މިލިއަން ފުރާނަ ސަލާމަތްވި"
ފަސޭހައިން އުފެއްދޭ ކޮލެރާ ވެކްސިނަކަށް ހުއްދަ ދީފި
ކޮވިޑް ވެކްސިން 217 ފަހަރު ޖެހި މީހެއް!
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ވެކްސިންގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ގޮތް ހަދައިފި
ޓެސްޓުކުރި މީހުން މަދުވެ ކޮވިޑް ކޭސްތަކަށް ދަށްވުމެއް
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ކޮވިޑް ވެކްސިންއާ ދެކޮޅަށް އޮސްޓްރިއާގައި މުޒާހަރާކުރަނީ
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު
50 ޕަސެންޓު މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފި