07 އޮކްޓޯބަރ 2019
ވޮޝިންޓަން (އޮކްޓޯބަރު 7) - އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އާއި އޭނާގެ އާއިލާއަކީ ވެސް ކޮރަޕްޓް ބައެއް ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 7) - އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އާއި އޭނާގެ އާއިލާއަކީ ވެސް ކޮރަޕްޓް ބައެއް ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ބައިޑަން ވެސް ވަނީ ޓްރަމްޕަށް ރައްދު ދެއްވައި އެމަނިކުފާނަށް ދެވޭނެ ގެއްލުމެއް ނޯންނާނެ ކަމަަށް ވިދާޅުވެފަ އެވެ.
ޓްވިޓާގައި ޓްރަމްޕް ވިދާޅުވީ ބައިޑަން އަށް ދެން އެންމެ ރަނގަޅު ވާނީ ރިޓަޔާ ކުރުން ކަމަށެވެ. ޔޫކްރޭނުގައި ހިންގެވި ކޮރަޕްޝަނުގެ އަމަލުތަކުން ދަރިކަލުން ސަލާމަތް ކުރުމަށް ބައިޑަން މަސައްކަތް ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ޗައިނާގެ ޑީލަކުން ވެސް ބައިޑަންގެ ދަރިކަލުން ވަނީ 1.5 ބިލިއަން ޑޮލަރު ހޯއްދަވާފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"މި ހުރިހާ ފައިސާއަކަށް ބަލާއިރު ބައިޑަން އާއި އޭނާގެ އާއިލާ ވަނީ ނާޖާއިޒް ގޮތުގައި ފައިދާ ހޯދާފައި. ބައިޑަން ޖެހޭނީ ސިޔާސީ ކަންކަމާ ދުރުވާން،" ޓްރަމްޕް ވިދާޅުވި އެވެ.
ބައިޑަންގެ މައްސަލައެއް ތަހުގީގު ކުރަން ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ބާރު އެޅުއްވި މައްސަލާގައި ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަރުހަލާތައް ކޮންގްރެސްގެ ކޮމިޓީތަކުން ވަނީ ފަށައިފަ އެވެ.
ވޮޝިންޓަން ޕޯސްޓަށް ލިޔުއްވި އާޓިކަލެއްގައި ބައިޑަން ވިދާޅުވީ އެމަނިކުފާނާއި އާއިލާއާ ދެކޮޅަށް ދޮގު ވާހަކަތައް ޓްރަމްޕް ފަތުރަމުން ދަނީ ކެންޑިޑެސީ އަށް ގެއްލުން ދިނުމަށް ކަމަށެވެ.
"ޓްރަމްޕުގެ ރޭވުން މަސައްކަތެއް ނުކުރާނެ. ސަބަބަކީ އެމެރިކާގެ ރައްޔިތުން އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނާނެތީ،" ބައިޑަން ވިދާޅުވި އެވެ.
ޓްރަމްޕް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ބައިޑަންއާ ވާދަކުރައްވަން "ލޯބި" ކުރައްވާ ކަމަށާއި ނަމަވެސް އެއީ ވެދާނެ ކަމެއް ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
ބައިޑަންގެ ލިޔުން ނިންމަވާލައްވާފައި ވަނީ އެމަނިކުފާނާއި އާއިލާ އަށް ޓްރަމްޕަށް ގެއްލުން ނުދެވޭނެ ކަމަށް ވިދާޅުވަމުންނެވެ. އަދި އަންނަ އަހަރުގެ އިންތިޚާބުން ބަލިކޮށްލާނެކަމުގެ މެސެޖް ދެއްވާފައިވެ އެވެ.
ކޮންގްރެސްގެ ނިންމުމާ އެކު ޓްރަމްޕް ދޫދެއްވައިފި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ހަމަލާއަށް ފަހު ބައިޑެން ގޮވާލީ ސިޔާސީ ހޫނު މަޑުކުރަން
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ސުޕްރީމް ކޯޓުގެ ހުކުމަށް ބައިޑެން ފާޑުވިދާޅުވެއްޖެ
ބަހުސް ނުކުރެވުނަސް ތެދުބަސް ބުނަން އެނގޭ: ބައިޑެން
ބަހުސަށް ފަހު ބުނަނީ "ބައިޑެން ނޫން ގޮތެއް" ހޯދަން
ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ރިޔާސީ ރޭހަށް
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ބައިޑެން ޗައިނާ އަށް: ނަމަނަމަ ގޯހެއް ނުހަދާތި