Roadha Mihaaru
ބޯކޮށް ވާރޭވެހި، އައްޑޫގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި، އައްޑޫގައި ފެންބޮޑުވެއްޖެ

12 އޮކްޓޯބަރ 2019

އައްޑު އަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

އައްޑު އަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުމަތަކުގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ބައެއް ގެތަކަށް ފެން ވަދެފައި ވެ އެވެ. އެމްއެންޑީއެފް ސަދަން ކޮމާންޑުން ފެން ހިންދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު، ފެން ވަން ބައެއް ގެތަކަށް ފެން އިތުރަށް ވަނަނުދިނުމަށް ސިފައިން ވެލި ބަސްތާ ވެސް ޖަހައިދީފައި ވެ އެވެ.

ބޯކޮށް ވާރޭވެހިއްޖެ ނަމަ އައްޑޫގެ އަވަށްތަކުގެ ބައެއް ސަރަހައްދުތަކަކީ ވަރަށް އަވަހަށް ފެންބޮޑުވާ މައްސަލަ ދިމާވާ ތަންތަނެވެ. މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްތަކެއް ވެސް އަވަށްތަކުގައި އަންނަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނިގޮތުގައި ރޭ 8:00 އިން ފެށިގެން މިއަދު ހެނދުނު 6:00 އާ ހަމައަށް އައްޑު އަށް 107 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. އަދި ހެނދުނު 8:00 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

އައްޑު އަށް މިހާރު ވެސް ވާރޭވެހެމުންދާ އިރު، މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑު އަށް ވިއްސާރަކުރާނެ ކަމަށެވެ.