Roadha Mihaaru
އުރަަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް

އުރަަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަނީ

14 އޮކްޓޯބަރ 2019

އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހުޅުމާލެ ހޮސްޕިޓަލުގައި މާދަމާ ފަށަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހުޅުމާލެ ހޮސްޕިޓަލުގައި މާދަމާ ފަށަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް މި ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 40 އަހަރުން މަތީގެ އަންހެނުންނަށެވެ.

"ވޯކް-އިން ޕްރޮގްރާމެއްގެ ގޮތުގައި މި ކަން ކުރިއަށް މި ގެންދަނީ،. ކުރިއާލައި އެޕޮއިންޓްމެންޓެއް ހަދާކަށް ވެސް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މި މަހަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރަން ކަނޑައަޅާފައިވާ މަހެވެ. ހުޅުމާލެ ހޮސްޕިޓަލުން ފަށާ ޕްރޮގްރާމް، މި މަސް ނިމެންދެން ކުރިއަށްދާނެ އެވެ.

އުރަމަތީ ކެންސަރު ދެނެގަތުމަށް މެމޮގްރާމްގެ ހިދުމަތް ވެސް ހުޅުމާލެ ހޮސްޕިޓަލުން މިއަދު ވަނީ ފަށައިފަ އެވެ.