އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއްވެސް ލިމިޓެއް ކަނޑައެޅުމެއް ނެތި ފިޔާ ވިއްކަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
16 އޮކްޓޯބަރ 2019
އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއްވެސް ލިމިޓެއް ކަނޑައެޅުމެއް ނެތި ފިޔާ ވިއްކަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ފިޔާގެ އާ ޝިޕްމެންޓެއް ހުކުރު ދުވަހު ލިބޭނެ ކަމަށެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން ފިޔާ ވިއްކުމުގައި ކަނޑައަޅާފައިވާ ލިމިޓް ނައްތާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ފިޔާ ލިބުމުގައި ދަތިތަކާ ދިމާވުމުގެ ސަބަބުން މިހާރު ފިޔާ ވިއްކަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ. އެގޮތުން، ކޮންމެ މީހަކަށް ވެސް މިހާރު ލިބޭނީ 30ރ.ގެ ރޭޓުން ފިޔާ ކިލޯއެކެވެ.
ކޮންޓްރޯލް ކޮށްގެން ފިޔާ ވިއްކުން ހުއްޓާލި ނަމަވެސް ފިޔާ ކިލޯއެއް ލިބޭނީ 30ރ. އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ބާޒާރުން ފިޔާ ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ. ހޯލްސޭލް ބައެއް ފިހާރަތަކުން ފިޔާ ކޮންޓްރޯލް ކޮށްގެން ވަކިވަކިން ކިލޯ އިން ވިއްކާ އިރު ރީޓެއިލް ފިހާރަތަކުން ފިޔާ ކިލޯއެއްގެ 50ރ. އަށް ވިއްކި އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 1،200ރ. އަށް އުފުލުނެވެ. ނަމަވެސް އެސްޓީއޯ އިން 30ރ. އަށް ކިލޯއެއް ވިއްކަން ފެށުމުން ރީޓެއިލް ފިހާރަތަކުން ވެސް ވަނީ ފިޔާގެ އަގު ދަށްކޮށްފަ އެވެ.
އިންޑިއާގެ ދަނޑުތަކަށް ލިބުނު ގެއްލުމާއި ގުޅިގެން އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަދުކޮށްފަ އެވެ. އެގޮތުން، އިންޑިޔާ އަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، އެ ގައުމުގެ ފިޔާ ދަނޑުތަކުގެ 35 ޕަސެންޓް ވަނީ ހަލާކުވެފަ އެވެ.
އެސްޓީއޯއިން ފިޔާ ކިލޯއެއް 16ރ. އަށް
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ
އެސްޓީއޯއިން ކޮންޓްރޯލް އަގެއްގައި ފިޔާ ވިއްކަނީ
އެސްޓީއޯއިން ފިޔާ ބަސްތާއެއް 100ރ. އަށް
އެސްޓީއޯ އިން ބިހާއި ފިޔާ ހޯލްސޭލްކޮށް ވިއްކަނީ
އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކަނީ
ފިޔާ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް އިންޑިއާ އަށް
ފިޔާ ހިފައިގެން ރާއްޖެ އައިި ބޯޓެއް އަޑިއަށް ހިނގައްޖެ
އެސްޓީއޯއިން ފިޔާ ކިލޯއެއް 30ރ. އަށް!
ބިހާއި އަލުވި އަދި ފިޔާގެ އަގު އުފުލިއްޖެ