Roadha Mihaaru
ބާރަށުން ރުއްގަސް ނެގި ފަހުން މައްސަލަ ބަލަނީ

ބާރަށުން ރުއްގަސް ނެގީ ހުއްދަ ނުދެނީސްކަން އެނގުމުން މައްސަލަ ބަލަނީ

17 އޮކްޓޯބަރ 2019

ބާރަށުން ގިނަ އަދަދެއްގެ ރުއްގަސް ނެގީ ދެ ޕްރޮޖެކްޓެއްގެ ބޭނުމަށް، ހުއްދަ ހޯދައިގެން ކަމަށް ކުރިން ބުނި ނަމަވެސް އެ ޕްރޮޖެކްޓްތަކަށް ހުއްދަ ނުދޭކަން އެނގި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މައްސަލަ ބަލަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބާރަށުން ގިނަ އަދަދެއްގެ ރުއްގަސް ނެގީ ދެ ޕްރޮޖެކްޓެއްގެ ބޭނުމަށް، ހުއްދަ ހޯދައިގެން ކަމަށް ކުރިން ބުނި ނަމަވެސް އެ ޕްރޮޖެކްޓްތަކަށް ހުއްދަ ނުދޭކަން އެނގި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މައްސަލަ ބަލަން ފަށައިފި އެވެ.

ބާރަށުން ގިނަ އަދަދެއްގެ ރުއް ނަގައި ރިސޯޓަކަށް ގެންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި މިހާރު އެރަށު ހޭޅިފަށުން ވެސް ވަނީ ގިނަ އަދަދެއްގެ ގަސް ކަނޑައިފަ އެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ވަނީ މިމަހު ކުރީކޮޅު ވެސް އެކަން އީޕީއޭގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

3 Rashakah resort akah gina adhadhakah ruh beyrukoffi

3 Rashakah resort akah gina adhadhakah ruh beyrukoffi

The most trusted news source in the Maldives

Mihaaru

އުތުރުގެ ތިން ރަށަކުން ރުއްގަސް ނެގުން---

އެކަމާ ގުޅޭގޮތުން އޭރު އީޕީއޭން ބުނީ ބާރަށުން ރުއްގަސް ނަގަނީ އީއައިއޭ ހަދައި، ގަވައިދާ އެއްގޮތަށް ކަމަށެވެ. އެ ރަށުން ރުއްގަސް ނަގަން ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އޭރު އީޕީއޭ އިން ބުންޏެވެ.

ނަމަވެސް އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓްތައް ހިންގުމުގެ ހުއްދަ ބާރަށު ކައުންސިލަށް ނުދޭ ކަމަށް ޕްލޭނިން މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ. އެހެންވެ އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާރަށު ހޭޅިފަށުން ގަސް ކަނޑަނީ: އެރަށުން ރުއްގަސް ނެގި މައްސަލަ އީޕީއޭ އިން އަންނަނީ ބަލަމުން--

ބާރަށު ހޭޅިފަށުން ގަސް ކަނޑަނީ: އެރަށުން ރުއްގަސް ނެގި މައްސަލަ އީޕީއޭ އިން އަންނަނީ ބަލަމުން--

"ޕްލޭނިން މިނިސްޓްރީން ހުއްދަ ދިނީމަ އެ ކައުންސިލަށް އެކަން ކުރެވޭނީ. ޕްލޭނިން އިން އެބަ ބުނޭ ހުއްދައެއް ނުދެމޭ. އެހެންވެ އަޅުގަނޑުމެން ވާނީ އެ ކައުންސިލުން ޖަވާބުދާރީވާން އަންގާފައި،" އިބްރާހިމް ވިދާޅުވި އެވެ.

ބާރަށުގައި ނަރުދަމާ އާއި ހައުންސިން ޕްރޮޖެކްޓެއް ހިންގުމަށް 2016 އާއި 2017 ގައި ހަދާފައިވާ އީއައިއޭ ބުނާގޮތުން އެ ރަށުން 700 އަށް ވުރެ ގިނަ ރުއްގަސް ނަގަން ޖެހެ އެވެ. އެ މަސައްކަތް ކުރާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެތައް ސަތޭކަ ރުކެއް ނަގައި އެ ރަށުން މިހާރު ވަނީ ބޭރުކޮށްފަ އެވެ.

ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ ވިދާޅުވީ މަސައްކަތްތައް ކުރަނީ ސަރުކާރުން ހަމަޖައްސާފައިވާ ކޮންޓެކްޓަރު ކަމަށެވެ. އީއައިއޭގެ ބޭރުން އެއްވެސް ރުއްގަހެއް ނުނަގާ ކަމަށާއި މިއަދުގެ ވަގުތެއްގައި އީޕީއޭ އަށް ޖަވާބުދާރީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންޓެކްޓަރު އައިސް މަސައްކަތެއް ނުކުރާނެ ދެއްތޯ ސަރުކާރުން ހުއްދަ ނުދެނީހެނެއް. އެ މީހުން މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ މިހާރު ވެސް،" އާސިފް ވިދާޅުވި އެވެ.

ބާރަށު ހޭޅިފަށުން ގަސް ކަނޑާފައި.

ބާރަށު ހޭޅިފަށުން ގަސް ކަނޑާފައި.

ކައުންސިލްގެ ޖަވާބާ ގުޅޭގޮތުން އީޕީއޭއާ ސުވާލުކުރުމުން އިބްރާހިމް ވިދާޅުވީ އެކަމާ މެދު އެއްޗެއް ދަންނަވަން އެނގޭނީ ބާރަށު ކައުންސިލުން ޖަވާބު ދިނީމާ ކަމަށެވެ.

ރަށްރަށުން ރުއް ނެގުން އިތުރުވަމުން ދާތީ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރިސޯޓްތަކަށް ރުއް ވިއްކަން ބޭނުންވެގެން އެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުން އެކަން ކުރާ ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ.

ރިސޯޓްތަކަށް ފެހި ކުރުމަށް ރަށްތަކުން ރުއް ކަނޑައިގެންނާއި އުފުރާލައިގެން ގެންދިއުމަކީ ފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ގިނަ ރަށްތަކަކުން އެތައް ސަތޭކަ ރުކެއް ވަނީ ގެންގޮސްފަ އެވެ. އެކަން ހުއްޓުވުމަށް ރުއް ގަސް ނަގައިގެން ގެންދިއުމާ ބެހޭ ގަވައިދަށް އިސްލާހު ގެނައުމަށް މި ސަރުކާރުން ނިންމި އެވެ. ނަމަވެސް އެކަމަށް އާންމުންގެ ހިޔާލު ހޯދިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ގަވައިދު އަދިވެސް ނުނިމެ އެވެ.