22 އޮކްޓޯބަރ 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ. މީގެ ތެރޭގައި ފުލުހުންގެ އިސް ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ. މީގެ ތެރޭގައި ފުލުހުންގެ އިސް ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.
ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތް ތަހުގީގު ކުރަމުން ދަނިކޮށް، އެ މައްސަލައާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވި ކަމުގެ ތުހުމަތު ކުރެވި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހަޅާފައިވާ ކަމަށެވެ. މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާތީ ޝާމިލްވާ މީހުންގެ ސީދާ އަދަދު ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު ތަހުގީގު ކުރަނީ ކިތައް ފުލުހުންގެ މައްސަލަ ކަން ފަހުން އާއްމު ކުރާނެ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
"ތަހުގީގު ކުރެވޭ ފުލުހުންގެ ތެރޭގައި އެކި ގިންތީގެ ފުލުހުން ހިމެނޭ. މީގެ ތެރޭގައި ފުލުހުންގެ ނޮން ކޮމިޝަންޑް އަދި ކޮމިޝަންޑް އޮފިސަރުން އަދި އެގްޒެކެޓިވް ލެވެލްގެ ފުލުހުން ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފުލުހުންނަށް ނުފޯޒު ފޯރުއްވި ކަމަށް މި ތަހުގީގުގެ ކުރިން އޮތީ ތުހުމަތުކޮށްފަ އެވެ. ޚިޔާނާތާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގައި އަދީބުގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެމަނިކުފާނުގެ މައްޗަށް ހަތް ދައުވާއެއް އޮތީ އުފުލައިފަ އެވެ.
ތަހުގީގަށް އަތް ނުލެވޭނެ މީހަކު ނުހުންނާނެ: ކޮމިޝަނަރު
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް
ރައީސްގެ ގެކޮޅަށް "ފައިސާ ވަތް" މައްސަލަ ހުށަހަޅައިފި
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އާތިފަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓު
ޒިޔަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުން އުވާލައިފި
ޔާމީން ހެކިންނަށް ބިރުދައްކަން އުޅޭ ކަމުގެ ތުހުމަތު
ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި