25 އޮކްޓޯބަރ 2019
ރާއްޖޭގައި ކަނޑުގެ އުޅަނދުތަކަށް ހާއްސަ އެންމެ ބޮޑު އެގްޒިބިޝަން އިއްޔެ ވަނީ ފަށައިފަ އެވެ. މޯލްޑިވްސް މެރިން އެކްސްޕޯގެ ނަމުގައި ފެށި އެކްޒިބިޝަންގެ ތެރެއިން އެންމެ ހާއްސަ ކަމަކީ، ރާއްޖޭގައި އުޅަނދުތައް ބަންނަ މީހުންގެ އެންމެ ފަހުގެ އުފެއްދުންތައް ކައިރިން ބަލައިލުމުގެ ފުރުސަތު ލިބުމެވެ.
ރާއްޖޭގައި ކަނޑުގެ އުޅަނދުތަކަށް ހާއްސަ އެންމެ ބޮޑު އެގްޒިބިޝަން އިއްޔެ ވަނީ ފަށައިފަ އެވެ. މޯލްޑިވްސް މެރިން އެކްސްޕޯގެ ނަމުގައި ފެށި އެކްޒިބިޝަންގެ ތެރެއިން އެންމެ ހާއްސަ ކަމަކީ، ރާއްޖޭގައި އުޅަނދުތައް ބަންނަ މީހުންގެ އެންމެ ފަހުގެ އުފެއްދުންތައް ކައިރިން ބަލައިލުމުގެ ފުރުސަތު ލިބުމެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އެކްސްޕޯގައި ބޯޓު ޝޯ ބާއްވާފައި ވަނީ މަސްވެރިންގެ ޕާކު ސަރަހައްދުގަ އެވެ. ރާއްޖޭގައި އުޅަނދުފަހަރު ބަންނަމުންދާ އެންމެ މަޝްހޫރު ދެ ކުންފުނި، ގަލްފް ކްރާފްޓާއި އަލްޝާލީ މެރިންގެ ގިނަ އުޅަނދުތަކެއް މި ބޯޓު ޝޯއިން ފެނިގެންދިޔަ އެވެ.
އަލް-ޝާލީ ގެ އޮޕަރޭޝަންސް މެނޭޖާ އިސްމާއިލް ޝަރީފު ވިދާޅުވީ، މިފަދަ އެކްސްޕޯއެއްގައި ބައިވެރިވީ، މިއީ މެރިން އިންޑަސްޓްރީ އަށް ހާއްސަކޮށް ބާއްވާ ޝޯއަކަށް ވާތީ، އާ އުފެއްދުންތަކަށް އާންމުންގެ ސަމާލުކަން ލިބޭތީ ކަމަށެވެ. މިއީ މި އެގްޒިބިޝަން ބާއްވާ ފަސް ވަނަ ފަހަރު ކަމަށްވާއިރު އެ ކުންފުނިން އަންނަނީ މި އެގްޒިބިޝަނަށް ހާއްސަކޮށް ކޮންމެ އަހަރަކު ވެސް އާ އުޅަނދުތައް ދައްކާލަމުންނެވެ.
އޭއެސް 47 މޮޑެލްގެ ލޯންޗު: މިއީ 63 މީހުންގެ ޖާގައިގެން ބޮޑު ފެރީއެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިފަހަރު ޖުލްމަ ހަތަރު އުޅަނދު އެބަ ދައްކާލަން. ހަތަރު އުޅަނދުތަކަކީ ވެސް ތަފާތު އެކި ކަންކަމަށް ހާއްސަ އުޅަނދުތައް،" އޭނާ ވިދާޅުވި އެވެ.
މަސްވެރިންގެ ޕާކުގެ ބަނދަރު ސަރަހައްދުގައި މި އާ ބޯޓުތައް ދައްކާލަން ބާއްވާފައި އޮތްއިރު އެންމެ ހާއްސަ އުޅަނދެއްގެ ގޮތުގައި ފެނުނީ، އޭއެސް މެރިންގެ މަސްވެރިންނަށް ހާއްސަ ކުޑަ ލޯންޗެވެ. ގާތްގަނޑަކަށް 10 ވަރަކަށް މީހުންގެ ޖާގައިގެ މި މަސް ލޯންޗަކީ، ރާއްޖެ އަށް ތައާރަފް ކުރެވުނު މިފަދަ ފުރަތަމަ އުޅަނދެވެ. އެ ކުޑަ ލޯންޗުގައި 12 ވަރަކަށް ދޮށި ޖަހާލެވޭނެ އެވެ.
މަސްވެރިކަމަށް ހާއްސަ ލޯންޗު-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއީ އާއިލާތައް މަހަށް ދާން އެންމެ ފުރިހަމަ އެއް ލޯންޗެވެ. އެ ލޯންޗުގެ ކޮޅުފަސްކޮޅުގައި ހަދާފައި ހުރި ބެންޗުގައި ތިން މީހަކަށް ހަމަޖެހިލައިގެން މަސް ބާނަން ތިބެވޭނެ އެވެ. ފާހާނާއެއް ވެސް ހުންނަ މި ލޯންޗުގެ އަގު ނުވަ ލައްކަ ރުފިޔާ އަށް އަރެ އެވެ.
ގަލްފް ކްރްފާޓުގެ މި ލޯންޗުގެ އެންމެ ތަފާތު ކަމަކީ، މަޖާ ކޮށްލަން ކަނޑުމަތީގައި އުޅެފައި އަރާމުކޮށްލަން ނެޕެއް ނަގާލާނެ ޖެހުނަސް އެ ފުރުސަތު ވެސް އެ ލޯންޗުން ދަތުރު ކުރާ މީހުންނަށް ލިބުމެވެ. ދެ ބަޔަކަށް ހަދާފައިވާ މި ލޯންޗުގެ އެއް ބައިގައި ސޯފާއެއް ހުރިއިރު އަނެއް ބައިގައި ހުންނަނީ ދެ މީހަކަށް ނިދާލެވޭނެ ވަރުގެ އެނދެކެވެ. ލަގްޒަރީ ފެންވަރަށް ބަނދެފައިވާ މި އުޅަނދުގެ މަތީގައި މީހުންނަށް ތިބެވޭނެ ގޮތަށް ޑެކެއް ހުރެ އެވެ.
ލަގްޒަރީ ލެޝާ ލޯންޗުގައި ހުރި އެނދު. މިއީ ގަލްފް ކްރާފްޓުގެ އޮރިސް ސީރީސްގެ އުޅަނދެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ބޯޓް ޝޯގައި އެންމެ ގިނައިން ފެނިގެންދިޔައީ ފެރީ ލޯންޗުތަކެވެ. އެކި ސައިޒުތަކުގެ ފެރީ ލޯންޗުތައް އޭއެސް މެރިންގެ އިތުރުން ގަލްފް ކްރާފްޓުން ވެސް ދައްކާލާފައިވެ އެވެ.
އަލްޝާލީ މެރިން އިން ދައްކާލި އޭއެސް 47 މޮޑެލްގެ ފެރީ ލޯންޗަކީ ވެސް މުޅިން އަލަށް މާކެޓަށް ނެރުނު ލޯންޗެކެވެ. ގާތްގަނޑަކަށް 60 މީހުންގެ ޖާގައިގެ އެ ލޯންޗުގެ ގޮނޑިތަކަކީ ކިތަންމެ ގިނައިރެއް ވަންދެން އިށީންދެ އިންނަން ޖެހުނަސް، އެއްވެސް އުނދަގުލެއް ނެތި، ހަށިގަނޑަށް ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ސޯފާ ގޮޑިތަކެކެވެ.
މި ފެރީ ލޯންޗުގެ އަގު 4.8 މިލިއަން ރުފިޔާއަށް އަރާ އިރު މި ލޯންޗުގައި ފެންވެރޭ ގޮތަށް ހަދާފައިވާ ފާހާނައެއް ހުރެ އެވެ.
ގަލްފް ކްރާފްޓްގެ ޓުއަރިން ސީރީސްގެ އުޅަނދެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ބޯޓް ޝޯގައި ދައްކާލީ އަލްޝާލީ މެރިންގެ އަނެއް ލޯންޗަކީ "ކޯސްޓް ކްރާފްޓް 38 ޕްލަސް" މޮޑެލްގެ ލޯންޗެވެ. ގާތްގަނޑަކަށް 31 މީހުންގެ ޖާގައިގެ މި ލޯންޗުގެ އަގަގީ 2.2 މިލިއަން ރުފިޔާ އެވެ.
ގަފްފް ކްރާފްޓުގެ ފަސް ލޯންޗުގެ ތެރެއިން ހަތަރު ލޯންޗަކީ އެކި ސައިޒުތަކުގެ ފެރީތަކެވެ. އެގޮތުން 50 މީހުންގެ ޖާގައިިގެ ލޯންޗަކާއި 38 މީހުންގެ ޖާގައިގެ އިތުރުން 27 މީހުންގެ ޖާގައިގެ ލޯންޗެއް ވަނީ ދައްކާލާފަ އެވެ. މި ލޯންޗުތަކުގެ އަގު ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ އާއި 2 މިލިއަން ރުފިޔާއާ ދެމެދުގައި އުޅޭ އިރު ސެމީ ލަގްޒަރީ އަދި ލަގްޒަރީ ލޯންޗުތައް ވެސް މި ސީރީސްގެ ދަށުން ބަނދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގަލްފް ކްރާފްޓުން ބުނީ މިއީ މި އަހަރު އަލަށް ނެރުނު މޮޑެލްތަކެއް ކަމަށެވެ. ޓުއަރިން ސީރީސްގެ މި ބޯޓުތަކަކީ، ކަނޑު ގަދަ ދުވަސްތަކުގައި ވެސް ދުއްވުމުގެ ގާބިލްކަން ލިބިފައިވާ ޖާގަ ބޮޑު ލޯންޗުތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ބޯޓް ޝޯއިން ވެސް ފެނިގެންދިޔައީ ދިވެހި އުފެއްދުންތަކެވެ. ކަނޑު އުޅަނދުފަހަރުގެ ފައިބާ ކްފްރާޓް އުފެއްދުންތައް ދައްކާލި އިރު، އުޅަނދުތަކުގެ ޑިޒައިނާއި ސައިޒުތައް ވެސް ވަރަށް ބޮޑަށް ތަފާތުކަން ފެނިގެންދިޔަ އެވެ. މި ބޯޓް ޝޯ މާދަމާއާ ހަމަޔަށް ކުރިއަށްދާނެ އެވެ.
ހަ ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި
މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ
މޯލްޑިވްސް މެރިން އެކްސްޕޯ މިފަހަރު ވާޗުއަލްކޮށް
މެރިން އެކްސްޕޯއަށް އައި ބަދަލާއެކު އަޖައިބުވެއްޖެ!
ބޯޓިން ދާއިރާ އަށް 10 ޒުވާނުން ތަމްރީނު ކުރަނީ
ހެލްތު މިނިސްޓްރީއަށް 13 ލޯންޗު ގަންނަން ހަވާލުކޮށްފި
"އެޑެކްސް"ގެ ރާއްޖޭގެ އެޑިޝަން އަންނަ އަހަރު ބާއްވަނީ
ރާއްޖެ އަށް މުޅިން އާ ޕޮންޓޫން ބޯޓު މާކެޓަށް ނެރެފި
މެރިން އެކްސްޕޯގެ ލުބްރިކަންޓް ޕާޓްނަރަކަށް ވިލާ ހަކަތަ
ގަލްފްކްރާފްޓުން ބަން އެމްޓީސީސީގެ ފެރީތައް ހަވާލުކޮށްފި