29 އޮކްޓޯބަރ 2019
ކުރިން ނިންމާފައި އޮތް ވަރަށް ވުރެ ތިން އަހަރު އަވަސްކޮށް، 2022 އިން ފެށިގެން ހޮންޑާ އިން ޔޫރަޕްގެ މާކެޓްތަކަށް މުޅިން ވެސް ވިއްކާނީ އިލެކްޓްރިކް ނުވަތަ ހައިބްރިޑް ކާރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކުރިން ނިންމާފައި އޮތް ވަރަށް ވުރެ ތިން އަހަރު އަވަސްކޮށް، 2022 އިން ފެށިގެން ހޮންޑާ އިން ޔޫރަޕްގެ މާކެޓްތަކަށް މުޅިން ވެސް ވިއްކާނީ އިލެކްޓްރިކް ނުވަތަ ހައިބްރިޑް ކާރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޖަޕާނުގެ ހޮންޑާ އިން ބުނީ މިކަމަކީ ގްރީން ޓެކްނޮލޮޖީ އަށް ކުރާ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި ޔޫރަޕްގެ ގައުމުތަކަށް ބަލާ އިރު، ތިމާވެއްޓާ ރައްޓެހި އުފެއްފުންތަކަށް ދެމުން އަންނަ ސަމާލުކަން ވެސް ބޮޑުވަމުން އަންނަ ކަމަށެވެ.
އެހެންވެ ކުރިން ޕްލޭންކުރި ވަރަށް ވުރެ ތިން އަހަރު އަވަސްކޮށް، ޔޫރަޕްގެ މާކެޓެއް ބަދަލެއް ގެންނަން ނިންމުމަކީ ހޮންޑާ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުންޏެވެ.
"އަހަރެމެންނަށް ފާހަގަކުރެވެނީ ދުނިޔޭގެ އެހެން ހިސާބުތަކަށް ވުރެ ވަރަށް މާ ހަލުވިކޮށް ޔޫޕަރްގެ ގައުމުތަކުގައި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް އޮތް ޑިމާންޑް ވެސް ބޮޑުވަމުން އަންނަކަން." ހޮންޑާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޓޮމް ގާޑްނާ ވިދާޅުވި އެވެ.
"Honda is the world's largest engine manufacturer, and from what we have announced today we are committing to ending all mainstream non-electrified petrol and diesel production for Europe by the end of 2022."#EV #PHEV https://t.co/O3OQfhqk9N
— MacroMuscle (@8lusky) October 24, 2019
ހޮންޑާ އިން ބުނިގޮތުގައި ކުރިއަށް އޮތް ތިން އަހަރު އެ ކުންފުނިން ޔޫރަޕްގެ މާކެޓަށް އާ ހަ މޮޑެލެއްގެ ކާރުތައް ތައާރަފުކުރާނެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރު ވިއްކަން ފަށާ ހޮންޑާ ޖޭޒްގެ ހައިބްރިޑް ވާޝަން ވެސް ހިމެނެ އެވެ.
ޖަރުމަންގެ މަޝްހޫރު ކުންފުނި ވޯކްސްވޭގެން އިން ވަނީ އެ ކުންފުނިން އުފައްދާ އުޅަނދުތަކުގެ އިލެކްޓްރިކް ނުވަތަ ހައިބްރިޑް ވާޝަން އުފެއްދުމަށް ކުރިއަށް އޮތް ފަސް އަހަރަށް 34 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފަ އެވެ. އެ ކުންފުނީގެ އަމާޒަކީ 2028 އެވެ.
ދެކުނު ކޮރެއާ ހިއުންޑައިން ދާދި ފަހުން ވަނީ އިލެކްޓްރިކް ވެހިކަލްތައް އުފެއްދުންތަކަށް 35 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެ ކުންފުނީގެ ޓާގެޓަކީ 2025 އެވެ.
ބްލޫމްބާގް ނިއު އެނަޖީ ފައިނޭންސުން އަދާކުރާ ގޮތުގައި 2040 އާ ހަމައަށް އަންނަ އިރު، ދުނިޔޭގެ އެއްގަމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުފަހަރުގެ 57 ޕަސަންޓަކީ އިލެޓްރިކް ވެހިކަލްތަކަށް ވާނެ އެވެ.
ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރޭނެ
ޓޮޔޮޓާގެ އީވީ އަށް 35 ބިލިއަންގެ އިންވެސްޓްމަންޓެއް
އެޕަލްގެ ކާރު މި އަހަރު އިއުލާނުކޮށްފާނެ
އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން
ސޮނީން އިލެކްޓްރިކް ކާރެއް ދައްކާލައިފި
ސޮނީ އާއި ހޮންޑާ ގުޅިގެން އިލެކްޓްރިކް ވެހިކަލް ހަދަނީ
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
ރޯލްސް-ރޯއިސްގެ އިލެކްޓްރިކް ކާރު 2023 ގައި
ޝޯމީ ވެސް އިލެކްޓްރިކް ކާރު އުފައްދަން ކުންފުންޏެއް
އައުޑީން 2025 ގައި އިލެކްޓްރިކް ކާރު އުފައްދާނެ