Roadha Mihaaru

ލައިޓް ހައުސްއެއްގެ ބައެއް ރަށެއްގެ ފަރުމައްޗަށް ލައްގައިފި

ލައިޓް ހައުސްއެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ށ. ގައްލާދޫ ފަރުމައްޗަށް ލައްގައިފި އެވެ.

ލައިޓް ހައުސްއެއްގެ ބައެއް ލައްގައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

27 އޮކްޓޯބަރ 2019

ލައިޓް ހައުސްއެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ށ. ގައްލާދޫ ފަރުމައްޗަށް ލައްގައިފި އެވެ.

ފުލުހުން ބުނީ ށ. ކޮމަންޑޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ގައްލާދޫ ފަރުމައްްޗަށް ބޮޑު އެއްޗެއް ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް ބެލިއިރު އެއީ ލައިޓް ހައުސްއެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ބޮޑު މިނުގައި 50 ވަރަކަށް ފޫޓް ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެކަމުގެ މައުލޫމާތު މިހާރު ވަނީ އެމްއެންޑީއެފްއާ ހިއްސާކޮށްފަ އެވެ.

ލައިޓް ހައުސް އަކީ ނުރައްކާތެރި ކަނޑު އޮޅިތަކާއި ފަރުތައް ކަނޑު އުޅަނދުތަކަށް ފާހަގަކޮށް ދިނުމަށާއި އުޅަނދުތައް ރައްކާތެރިކޮށް ބަނދަރު ކުރުމަށާއި އުޅަނދުތަކުގެ ނެވިގޭޝަނަށް ފަސޭހަކޮށް ދޭ އެއްޗެކެވެ. އެފަދަ ބޮޑެތި ލައިޓް ހައުސްތައް ރާއްޖޭގައި ނެތަސް، ބޭރު ގައުމުތަކުގައި އެފަދަ ތަންތަން އައްސޭރި ފަށާއި މައި ކަނޑުގައި ވެސް ގާއިމް ކޮށްފައި ހުރެ އެވެ.