ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓު ހަދަން އިއުލާނުކޮށްފި އެވެ.
17 ޖެނުއަރީ 2022
ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓު ހަދަން އިއުލާނުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިއުލާނުކުރި ބިޑް ޑޮކިއުމެންޓަށް ހުށަހެޅި އިސްލާހުގައި ރިސޯޓު ހަދަން އިތުރު ކޮށްފައިވާ ރަށްތަކަކީ ށ. މެދުރަށާއި ށ. ދިގުރަށް އަދި މައިރަށެވެ. ޖުމުލަ 1.2 މިލިއަން ރުފިޔާ އަށް ދޫކުރާ މި ތިން ރަށުގައި 19 ހެކްޓަރު ހުންނާނެ އެވެ.
ށ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓު ހަދަން ސަރުކާރުން ހުޅުވައިލިއިރު، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިި-އިލެކްޝަންގެ ކެމްޕެއިންގެ ފޯރިވަނީ ގަދަވެފަ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަކު ވެސް އަންނަ މަހުގެ ފަހެއްގައި ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާތީ، އެ އިންތިހާބާ ދިމާކޮށް ސަރުކާރުން ގެންދަނީ ށ. އަތޮޅަށް ތަރައްގީގެ އެކި ކަންކަންކަން ކުއްލި ގޮތަކަށް އިއުލާނު ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާ އަށް ހާއްސަކޮށް، އާ ޕްރޮޖެކްޓްތައް އިއުލާނު ކުރާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިދިކޮޅު ޕީޕީއެމާއި ދެން އެ ދާއިރާ އަށް ކެންޑިޑޭޓަކު ނެރެފައިވާ އެމްއެންޕީން ވެސް ބުނަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.
ށ. އަތޮޅުގެ ތިން ރަށެއް ލިސްޓަށް އިތުރުކޮށް، ރިސޯޓު ހަދަން އިއުލާނު ކުރިއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ސަރުކާރުން ވަނީ 10 އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައިފަ އެވެ. އެ ތަންތަން ވިއްކުމަށް ދައްކަން ޖެހޭ އަގުތައް ވެސް އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ.
މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރި ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ. އަންނަ މަހުގެ ނިޔަލަށް މި ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިންވެސްޓަރުންނަށް އެބަ އޮތެވެ.
ކޮމަންޑޫ ދާއިރާ އަށް ހާއްސަކޮށް ސަރުކާރުން އިއުލާނުކުރި ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވައިލުމާއި އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުމާއި ފުޓްސަލް ދަނޑުތައް ހެދުން އަދި ބަނދަރުތައް އަޕްގްރޭޑް ކުރުން ވެސް ހިމެނެ އެވެ.
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި