Roadha Mihaaru
ޝިމާ ގެއްލުނު ސަރަހައްދު އަލުން ބަލަން ފަށައިފި

ޝިމާ ގެއްލުނު ކަމަށް ބުނާ ސަރަހައްދު އަލުން ބަލަން ފަށައިފި

28 އޮކްޓޯބަރ 2019

ލ. ފޮނަދު އިން އެ އަތޮޅު މާމެންދު އަށް ޑިންގީއެއްގައި ދަތުރު ކުރަނިކޮށް، މިދިޔަ ފެބުރުއަރީ މަހު އައިމިނަތު ޝިމާ ނާފިޒް 19، ގެއްލުނު ކަމަށް ބުނާ ސަރަހައްދު ފުލުހުން އަލުން ބަލަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލ. ފޮނަދު އިން އެ އަތޮޅު މާމެންދު އަށް ޑިންގީއެއްގައި ދަތުރު ކުރަނިކޮށް، މިދިޔަ ފެބުރުއަރީ މަހު އައިމިނަތު ޝިމާ ނާފިޒް 19، ގެއްލުނު ކަމަށް ބުނާ ސަރަހައްދު ފުލުހުން އަލުން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، ޝިމާ ގެއްލުނު ކަމަށް އޭނާއެކު ދަތުރުކުރި މުހައްމަދު ފަޒީލް ބުނާ ސަރަހައްދަށް ފީނައިގެން ފުލުހުން އަންނަނީ ބަލަމުންނެވެ. އަލުން ފީނަމުން އަންނަ އިރު، މީގެ ކުރިން ވެސް ފުލުހުން މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފިޔަވައި ތަފްސީލެއް ފުލުހުން ނުދިނެވެ.

"ޝިމާ ގެއްލުނު މައްސަލައާ ގުޅުން ހުރި މަސައްކަތްތަކެއް ލ.އަތޮޅުގައި ފުލުހުން ދަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި، ލ. ގާދޫ ކަނޑުއޮޅިއަށް ބަންޑުން ޖަހާލި ޑިންގީން ފަޒީލް ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުންނެވެ. މި ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެ އެވެ. އޭނާ ބުނެފައި ވަނީ ޝިމާ ސަލާމަތްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ.

އެކަމަކު އޭގެ ފަހުން، ޝިމާގެ ކޮއްކޮއަކު ގޮވައިގެން މާމެންދޫން އެހެން ދެ ފިރިހެނުންނާ އެކު ދަތުރެއްކުރަނިކޮށް ކަނޑުމަތިން ފަޒީލް ހުއްޓުވާފައިވެ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.