Roadha Mihaaru
ފުލުހަކަށް މަރުގެ އިންޒާރު ދީގެން ބަޔަކު ހައްޔަރުކޮށްފި

ފުލުހަކަށް މަރުގެ އިންޒާރު ދިނުމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފި

29 އޮކްޓޯބަރ 2019

ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ފުވައްމުލަކުން މިއަދު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ފުވައްމުލަކުން މިއަދު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނީ، މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 19 އަހަރާއި 25 އަހަރާއި 31 އަހަރުގެ ދިވެހި ދިވެހި ތިން ފިރިހެނެއް ކަމަށެވެ. މި ތިން މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުސް މީހާ އަށް އިންޒާރު ދިނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުންނެއް އަދި ނުބުނެ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށާއި އެހެން ގޮތްގޮތުން ވެސް މީހުން މަރަން އިންޒާރު ދިން ބަޔަކު މި ފަހަކުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނައިން ހައްޔަރު ކުރީ، އިސްލާމްދީނަށް ފުރައްސާރަވާ ގޮތަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެމް)އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއިލް މަރާލަން ގޮވި މީހުންނެވެ.