Roadha Mihaaru
މައި ކޮލެޖުން ޖެނުއަރީ އިންޓޭކަށް ސްކޮލަޝިޕްތަކެއް

މައި ކޮލެޖުން ޖެނުއަރީ އިންޓޭކަށް ސްކޮލަޝިޕްތަކެއް

30 އޮކްޓޯބަރ 2019

މައި ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ހާއްސަކޮށްގެން ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މައި ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ހާއްސަކޮށްގެން ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށްފި އެވެ.

އެ ސްކީމުގެ ތެރެއިން 25-100 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަރިވަރުންނަށް ސްކޮލަޝިޕް ލިބޭނެ އެވެ.

އެ ކޮލެޖުން ބުނީ ސްކޮލަޝިޕްގެ ތެރެއިން މާލޭގައި ކިޔަވާ ދަރިވަރުންނަށް 100 ސްކޮލަޝިޕް، ހުޅުމާލެ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް 50 ސްކޮލަޝިޕް އަދި އެކި ރަށްރަށުގައި ހުންނަ ކެމްޕަސްތަކަށް 150 ސްކޮލަޝިޕް ދޭނެ ކަމަށެވެ. އޭގެ އިތުރުން "ގައުމަށްޓަކާ ސްކޮލަޝިޕް" ގެ ނަމުގައި ތައާރަފުކުރި ސްކީމުގެ ތެރެއިން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް 15 ފުރުސަތު ވަނީ ހާއްސަކޮށްފަ އެވެ.

ސްކޮލަޝިޕް ލިބޭނީ ސެޓްފިކެޓް ލެވެލް ތިނެއްގެ ޕްރޮގްރާމާއި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ޕްރޮގްރާމުގެ އިތުރުން ޑިޕްލޮމާ އާއި އެސޯސިއޭޓް ޑިގްރީ އާއި ބެޗްލާސް ޑިގްރީގެ އިތުރުން ޕޯސްޓްގްރެޖޭޓް ޑިގްރީ އަދި މާސްޓާސް ޑިގްރީ އެވެ.

ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޖެނުއަރީގެ އިންޓޭކަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އަދި ސްކޮލާޝިޕްތަކަށް ނޮވެމްބަރުގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ.