Roadha Mihaaru
މައި ކޮލެޖަށް އާ ސީއީއޯއެއް

މައި ކޮލެޖަށް އާ ސީއީއޯއެއް

01 ޑިސެމްބަރ 2019

މައި ކޮލެޖުގެ ސީއީއޯގެ މަގާމަށް އެތަނުގެ ވައިސް ރެކްޓަރު މުހައްމަދު ހަލީމް މިދިޔަ ހަފްތާގައި އައްޔަން ކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މައި ކޮލެޖުގެ ސީއީއޯގެ މަގާމަށް އެތަނުގެ ވައިސް ރެކްޓަރު މުހައްމަދު ހަލީމް މިދިޔަ ހަފްތާގައި އައްޔަން ކޮށްފި އެވެ.

ހަލީމް އެ މަގާމަށް ހަމަޖެއްސީ، މައި ކޮލެޖުން ބުނި ގޮތުގައި، ބެންކޮކުގައި މިދިޔަ މަހު 23 އިން 27 އަށް ބޭއްވި އެ ކޮލެޖުގެ ތިން ވަނަ ލީޑަރުންގެ ސަމިޓުގަ އެވެ. މިއީ އެ ކޮލެޖުގެ ހިންގުމާއި ކުރިއެރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ސަމިޓެކެވެ.

މައި ކޮލެޖުގެ ތިން ވަނަ ލީޑަރުންގެ ސަމިޓް -- ފޮޓޯ: މައިކޮލެޖް

މައި ކޮލެޖުގެ ތިން ވަނަ ލީޑަރުންގެ ސަމިޓް -- ފޮޓޯ: މައިކޮލެޖް

މައި ކޮލެޖްގެ ތައުލީމީ ކަންކަން ދެން ކުރިއަށް ގެންދާނީ ސީއީއޯގެ ހައިސިއްޔަތުން ހަލީމް ކަމަށް، މައި ކޮލެޖުން ބުންޏެވެ.

މީގެ ކުރިން މައި ކޮލެޖުގެ ސީއީއޯއަކަށް ހުންނެވީ އެ ކޮލެޖުގެ ޗެއާމަން އަހުމަދު މޮއްޓަކީ އެވެ.

މައި ކޮލެޖުން ވަނީ އެތަނުގެ އެންމެ ރަނގަޅު ފަސް ކެމްޕަސް މެނޭޖަރުން ވެސް ހޮވައި، އަގުވަޒަންކޮށްފަ އެވެ. އެއީ ހދ. ކުޅުދުއްފުށީ ކެމްޕަސްގެ އަހުމަދު ފަހީމް އާއި ނ. ހޮޅުދޫ ކެމްޕަސްގެ މުމްތާޒް އިބްރާހިމް އއި ރ. މީދޫ ކެމްޕަސްގެ އިބްރާހިމް ރަޝީދު އާއި ގއ. ވިލިނގިލި ކެމްޕަސްގެ އަލީ ހަސަން އަދި ލ. ގަން ކެމްޕަސްގެ އަހުމަދު ފަހީމެވެ.

އަންނަ އަހަރުގެ ކިޔެވުން ފަށަން ވާ އިރަށް މައި ކޮލެޖުން ވަނީ ސްކޮލާޝިޕް ސްކީމްތަކެއް މިދިޔަ މަހު ތައާރަފްކޮށްފަ އެވެ.