Roadha Mihaaru
އެފްބީގެ 5 ބިލިއަނުގެ ޖޫރިމަނާ ދައްކަން އެއްބަސްވެއްޖެ

ފޭސްބުކްގެ 5 ބިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަން އެއްބަސްވެއްޖެ

02 ނޮވެމްބަރ 2019

ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސިވިލާތުގެ ކެމްބްރިޖް އެނަލިޓިކާ އިން ބޭނުންކުރި މައްސަލާގައި ފަސް ބިލިއަން ޑޮލަރުން ކުރި ޖޫރިމަނާ ދައްކަން ފޭސްބުކުން އެއްބަސްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސިވިލާތުގެ ކެމްބްރިޖް އެނަލިޓިކާ އިން ބޭނުންކުރި މައްސަލާގައި ފަސް ބިލިއަން ޑޮލަރުން ކުރި ޖޫރިމަނާ ދައްކަން ފޭސްބުކުން އެއްބަސްވެއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މާކް ޒަކަބާގްގެ ފޭސްބުކްގެ މައްޗަށް އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ކުރި ޖޫރިމަނާ ދައްކަން އެއްބަސްވީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނާޒް އޮފީސް (އައިސީއޯ) ގައި އިސްތިއުނާފުކުރަން ވެސް ހުށަހަޅާފައި ވަނިކޮށެވެ.

މި މައްސަލާގައި އައިސީއޯ އިން ވަނީ ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ރައްކާތެރިކޮށް ދިނުމަށް ފޭސްބުކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެފަ އެވެ.

"އެތައް ހާސް ބައެއްގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ސީރިއަސް މައްސަލައެއް،" އައިސީއޯގެ ޑެޕިއުޓީ ކޮމިޝަނަރު ޖޭމްސް ޑިޕްލް-ޖޯންސްޓޯން ވިދާޅުވި އެވެ. "މައުލޫމާތުތައް ރައްކާތެރިކޮށް ދިނުމަކީ އަސާސީ ހައްގެއް. އެކަމަކު ފޭސްބުކުން ވަނީ އެ ހައްގަށް އަރައިގެންފައި. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން."

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް.

ފޭސްބުކްގެ ވަކީލު ހެރީ ކިމްމަންތު ވިދާޅުވި ގޮތުގައި މައުލޫމާތުތައް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ފޭސްބުކުން މިހާރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ފޭސްބުކް ބޭނުންކުރާ 87 މިލިއަން މީހުންގެ މައުލޫމާތު ކެމްބްރިޖް އެނަލިޓިކާ އިން ހޯދި މައްސަލަ އެފްޓީސީން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ތަހުގީގުކޮށް، ޖޫރިމަނާ ކުރަން ފާސްކުރީ 3-2 ވޯޓުންނެވެ.

ތަހުހީގުން ދައްކާ ގޮތުގައި ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ބޭނުންކޮށްގެން އިނގިރޭސިވިލާތުގ ޕްރައިވެޓް ޕޮލިޓިކަލް ކޮންޒަލްޓިން އަމިއްލަ ކުންފުނި ކެމްބްރިޖް އެނަލިޓިކާ އިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް އެހީވިކަމުގެ މައްސަލަ ވެސް ފެންމަތިވެފައިވެ އެވެ. ފޭސްބުކް މެދުވެރިިކޮށް ބޮޑަށް ހޯދާފައި ވަނީ އެމެރިކާ މީހުންގެ މައުލޫމާތެވެ.

އެ މައުލޫމާތު ވަނީ ޓްރަމްޕަށް ފަހިވާ ގޮތަށް މީހުންނަށް ސައިކޮލޮޖިކަލް ނުފޫޒު ފޯރުވަން ބޭނުންކޮށްފައި ކަމަށް ވެސް އެފްޓީސީން ބުނެފައިވެ އެވެ.

ފޭސްބުކްގެ ފަސް ބިލިއަން ޑޮލަރުގެ ޖޫރިމަނާއަކީ ޓެކް ކުންފުންޏެއް މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިނަމާ އެވެ.