Roadha Mihaaru
ފޭސްބުކް ގޮވައިގެން އޮސްޓްރޭލިއާ ކޯޓަށް

ފޭސްބުކް ގޮވައިގެން އޮސްޓްރޭލިއާ ކޯޓަށް

11 މާޗް 2020

ޑޭޓާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސިވިލާތުގެ ކެމްބްރިޖް އެނަލިޓިކާ ކުންފުނިން ބޭނުންކުރި މައްސަލާގައި ފޭސްބުކް މިދިޔަ އަހަރު ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި ވަނިކޮށް، ހަމަ މި މައްސަލާގައި އޮސްޓްރޭލިއާ އިން ވެސް ފޭސްބުކްގެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑޭޓާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސިވިލާތުގެ ކެމްބްރިޖް އެނަލިޓިކާ ކުންފުނިން ބޭނުންކުރި މައްސަލާގައި ފޭސްބުކް މިދިޔަ އަހަރު ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި ވަނިކޮށް، ހަމަ މި މައްސަލާގައި އޮސްޓްރޭލިއާ އިން ވެސް ފޭސްބުކްގެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ދި އޮފީސް އޮފް ދި އޮސްޓްރޭލިއަން އިންފޮމޭޝަން ކޮމިޝަނާ (އޯއޭއައިސީ) އިން ބުނީ ފޭސްބުކް ބޭނުންކުރާ 87 މިލިއަން މީހުންގެ މައުލޫމާތު ގަވާއިދާ ޚިލާފަށް ޕޮލިޓިކަލް ކޮންސަލްޓިން ކުންފުނި ކެމްބްރިޖް އެނަލިޓިކާ އިން ބޭނުން ކުރި އިރު، އޭގެ ތެރޭގައި އެ ޕްލެޓްފޯމް ބޭނުންކުރާ އޮސްޓްރޭލިއާގެ 300،000 ރައްޔިތުންގެ މައުލޫމާތު ވެސް ހިމެނޭ ކަމަށެވެ. އަދި އެ މައުލޫމާތުތައް ސިޔާސީ މަންފާތަކެއް ހޯދަން ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލާގައި އޯއޭއައިސީން ފޭސްބުކްގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހަޅާފައިވާތީ، އޮސްޓްރޭލިއާގެ ފެޑެރަލް ކޯޓުން މާކް ޒަކަބާގް ފޭސްބުކަށް 1.7 މިލިއަން އޮސްޓްރޭލިއާ ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމުގެ ފުރުސަތު ވެސް ބޮޑެވެ.

މިކަމާ ބެހޭ ގޮތުން ފޭސްބުކްގެ ތަރުޖަމާނު ވިދާޅުވީ ކެމްބްރިޖް އެނަލިޓިކާގެ މައްސަލަ 2018 ގައި ފެންމަތިވި ހިސާބުން އެ ކުންފުނިން ދިޔައީ އޯއޭއައިސީގެ ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށެވެ. އަދި އެއާ އެކު މައުލޫމާތުތައް ރައްކާތެރިކޮށް ހިމާޔަތްކުރަން އޭގެ ފަހުނު ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް މި މައްސަލަ މިހާރު ކޯޓްގައި އޮތުމުން މިކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫން." ތަރުޖަމާނު ވިދާޅުވި އެވެ.