Roadha Mihaaru
މެސެންޖާގެ ކޯލްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ފޭސްބުކް މެސެންޖާގެ އޯޑިއޯ/ވީޑިއޯ ކޯލްގެ ސެކިއުރިޓީ ވަރުގަދަކޮށްފި

15 އޯގަސްޓް 2021

ފޭސްބުކް މެސެންޖާ އިން ކުރާ އޯޑިއޯ އަދި ވީޑިއޯ ކޯލްތަކުގެ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށް ދިނުމަށް އެންޑް-ޓު-އެންޑް އެންކްރިޕްޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކް މެސެންޖާ އިން ކުރާ އޯޑިއޯ އަދި ވީޑިއޯ ކޯލްތަކުގެ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށް ދިނުމަށް އެންޑް-ޓު-އެންޑް އެންކްރިޕްޓްކޮށްފި އެވެ.

މިކަން އިއުލާންކޮށް ފޭސްބުކުން ބުނީ މި ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ މެސެންޖާގެ އޯޑިއޯ/ވީޑިއޯ ކޯލްގެ މަގުބޫލުކަން ވެސް ބޮޑުވަމުން ދިއުން ކަމަށެވެ. އެތަނުން ބުނި ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް މެސެންޖާ އިން 150 މިލިއަން ކޯލްކުރެ އެވެ.

ފޭސްބުކުން 2016 ގައި ވަނީ ޓެކްޓްސް މެސެޖް ވެސް އެންޑް-ޓު-އެންޑް އެންކްރިޕްޓްކޮށްފަ އެވެ. އެއީ އެޕަށް ގެނައި "ސީކްރެޓް ކޮންވަޒޭޝަން" އޮޕްޝަނާ އެކީގަ އެވެ. އަދި އޭގެ ދަށުން ހިންގާ ވަޓްސްއެޕަކީ ވެސް އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް އެޕެކެވެ.

މާކް ޒަކަބާގްގެ ފޭސްބުކުން ބުނި ގޮތުގައި އޭގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ޑީއެމް (ޑައިރެކްޓް މެސެޖް) ގައި ވެސް މިހާރު އަންނަނީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ޓެސްޓްކުރަމުންނެވެ.