Roadha Mihaaru
ނަޝީދު އައްޑު އަށް ވަޑައިގެންފި

ނަޝީދު އައްޑު އަށް ވަޑައިގެންފި

02 ނޮވެމްބަރ 2019

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

އާ ދައުރަކަށް އެމްޑީޕީގެ ރައީސަކަށް ކުރިމަތިލައްވާފައިވާ ނަޝީދު އައްޑު އަށް ވަޑައިގަތުމުން، ހިތަދޫ ބަނދަރުން މަރުހަބާ ދެންނެވީ ކައުންސިލަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނެވެ.

ނަޝީދާ އެކު އައްޑު އަށް ވަޑައިގަތް ޓީމުގައި، އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެ ޕާޓީގެ އަށް ނިސްބަތްވާ އެހެން ބައެއް މެމްބަރުންގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނިވަޑައިގަންނަވަ އެވެ.

ނަޝީދުގެ ދަތުރުގައި، އައްޑޫގެ އެކި އަވަށްތަކަށް ޒިޔާރަތްކުރައްވައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މާދަމާ ހުޅުމީދު އަށް ވަޑައިގަންނަވާނެ އެވެ.

މިއަދު ހަވީރު ހިތަދޫގައި ބާއްވާ ރޯވިންގެ އިވެންޓެއްގެ ނިމުން ވެސް ނަޝީދު ޝަރަފުވެރިކޮށްދެއްވަން ހަމަޖެހިފައިވެ އެވެ.

ނަޝީދު އެންމެ ދެކުނުގެ އަތޮޅުތަކަށް ދަތުރުފުޅެއް ފައްޓަފާވައި މި ވަނީ މިދިޔަ ހަފުތާގެ ފަހުކޮޅު ގދ. ވިލިގިނލީގައި ބޭއްވި "ދެކުނުގެ މަހާސިންތާ" އާ ދިމާކޮށެވެ. މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އިއްޔެ ފުވައްމުލަކަށް ވެސް ވަޑައިގަތެވެ.