17 ޖެނުއަރީ 2019
ގަމު އިންޓަނޭޝަނަލް އެއާޕޯޓް އައްޑޫ ސިޓީ ކައުންސިލްގެ މިލްކަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ގަމު އިންޓަނޭޝަނަލް އެއާޕޯޓް އައްޑޫ ސިޓީ ކައުންސިލްގެ މިލްކަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަން ކެންޑިޑޭޓުން ހޮވަން، އެމްޑީޕީގެ ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު މުހައްމަދު އަސްލަމްގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވުރެ މާ ފަސޭހައިން ގަމު އެއާޕޯޓު ތަރައްގީކުރެވެން އެބަ އޮތް ކަމަށެވެ. އަދި ވެލާނާ އެއާޕޯޓަކީ ހަލާކުކޮށްލާފައި އޮތް ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ތަރައްގީކުރެވޭނެ ތަނެއް ވެސް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގަމު އެއާޕޯޓު ތަރައްގީކުރާއިރު އެއާޕޯޓުގެ މިލްކުވެރި ފަރާތަކަށް ވާންޖެހޭނީ "ސިޓީ ކައުންސިލް ނޫން އިތުރު އެހެން ބައެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެން މި ދެކޭ ގަމު އެއާޕޯޓު ތަރައްގީކުރާއިރުގައި އެ އެއާޕޯޓުގެ މިލްކުވެރި ފަރާތަކަށް ވާންޖެހޭނީ އިތުރު އެހެން ބައެއް ނޫން، އައްޑޫ ސިޓީ ކައުންސިލް. އައްޑޫ ސިޓީ ކައުންސިލްގެ މިލްކަކަށް ގަން އެއާޕޯޓު ވާން އެބަޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ގަމު އެއާޕޯޓު މިހާރު ހިންގަމުން އަންނަނީ ޗަމްޕާ ހުސެއިން އަފީފު ހިއްސާވާ ކާސާ ހޮލްޑިންސް އާއި އެސްޓީއޯ އަދި އެމްއޭސީއެލްގެ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެނދު އިތުރުކުރިކަމުގައި ވިއަސް އެއާޕޯޓު ނެތުމުން އިތުރު ޓޫރިސްޓުންނަށް އާދެވޭކަށް ނެތް ކަމަށާއި އެކަން ވާން އޮތީ ގަމު އެއާޕޯޓުން އެކަންޏެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ 30 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ހިއްސާކުރަނީ ނަޝީދު، ވިދާޅުވި ގޮތުގައި، އައްޑޫންނެވެ.
"ރާއްޖޭގެ ޓޫރިޒަމް ދެން މިހާރު އޮތް މިންވަރަށް ވުރެ އިތުރުކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރު ވެސް ބޭނުންކުރެވޭކަށް ނެތް ހުޅުލޭ އެއާޕޯޓެއް. އެ އެއާޕޯޓަށް މިހާރު ޖައްސާ މިލިއަން ނޫނީ ދޮޅު މިލިއަނެއްހާ މީހުންނަކަށް ވުރެ ގިނައިން ނެތް އެތަނަކަށް މަތިންދާބޯޓު ޖެއްސޭކަށް. އަޅުގަނޑުމެންނަށް އޮތް ފުރުސަތަކީ ގަމު އެއާޕޯޓު މިހާރު ތަރައްގީކުރަން ފެށުން، އަވަހަށް އެކަން ކުރަން ފެށުން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަސްލަމްގެ ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް ނަޝީދާއި (ކ-2)އެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަންނަ މަޖިލިސް ވެގެންދާނީ އައްޑޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ފުރުސަތަކަށް ކަމަށާއި އެ ސިޓީގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުން 60،000 އަށްވުރެ ގިނަ މީހުން އެތަނުގައި އާބާދުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީގެ މިިންވަރު ނޭނގޭ ކަމަށާއި އެހެންވެ އެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައި 2011 ވަނަ އަހަރު ފެށިއަސް އެކަން ކުރިއަށް ނުގެންދެވުނު ކަމަށް ވިދާޅުވި އެވެ. މި ސަރުކާރުން 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ހެދީ އައްޑޫއަށް ލިބޭ އާމްދަނީތަކާ ވެސް އެކުގައި ކަމަށް ވިދާޅުވި އެވެ.
ލާމަރުކަޒީ ގޮތެއްގައި އައްޑޫ ސިޓީ ކައުންސިލް ހިންގާއިރު އެ ސިޓީގެ ގުދުރަތީ ވަސީލަތްތަކަކީ ކައުންސިލްގެ މިލްކަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ. މަގުތަކާއި ނަރުދަމާއާ އެންމެހައި ހިދުމަތްތައް ވެސް ސިޓީ ކައުންސިލްގެ މިލްކިއްޔާތަށް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ގޯއްޗަށް ކުރިމަތިލާން ދަންވަރު ހުޅުވުން ބޭއަދަބީ!
ނަޝީދު އައްޑު އަށް ވަޑައިގެންފި
މަޖިލިހުގެ ރައީސް: އެމްޑީޕީއަށް ވަރުގަދަ އިމްތިހާނެއް!
މަޖިލީސް ރައީސަކަށް އަސްލަމް ވެދާނެ ކަމުގެ އިޝާރާތެއް
މަޖިލިސް ހިނގީ ވައުދުވީ ގޮތަކަށް ނޫން: ރައީސް
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ޖެހޭ ސަބަބެއް ނެތް: ނަަޝީދު
މަޖިލިސް ކެމްޕޭނަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ
ސަލާމަތް ވާނީ އެމްޑީޕީއަށް ވޯޓު ދީގެން: ނަޝީދު
ރައްޔިތުން ބޭނުމީ ނަޝީދު ވެރިކަމަށް ގެންނަން: އަސްލަމް
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް