Roadha Mihaaru

އަފްރާޝިމް އަވަހާރަކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓު ރައީސަށް އަރުވައިފި

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވައިފި އެވެ.

އަފްރާޝީމްގެ މަރުގެ ތަފްސީލީ ރިޕޯޓު ރައީސަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 ނޮވެމްބަރ 2019

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވައިފި އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ އަފްރާޝިމް އަވަހާރަކޮށްލަން ފަންޑުކުރި މީހުންނާއި އެކަމުގެ އަޑީގައި ތިބި މީހުން ހޯދައި ތައްޔާރުކުރި ރިޕޯޓު ރައީސަށް ފޮނުވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އަފްރާޝިމްގެ މަރަށް ހަތް އަހަރުވެގެން ދިޔައިރު ވެސް އެކަމުގެ އަޑީގައި ތިބި މީހުން ހޯދިފައެއް ނުވެ އެވެ. ފުލުހުން ވެސް މިހާތަނަށް ދީފައިވަނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ މައުލޫމާތެވެ. އެކަމަށް ފަންޑުކުރި މީހުންނާއި އަވަހާރަކޮށްލި ސަބަބެއް ހޯދިފައެއް ނުވެ އެވެ.

އެ މައްސަލައިގައި ދެ މީހަކަށް ދައުވާކުރިއިރު ކުށް ސާބިތުވެ ހުކުމް އައީ ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. ސުޕްރީމް ކޯޓުން ވެސް ވަނީ ހުމާމް މަރާލަން ހުކުމްކޮށްފަ އެވެ.