Roadha Mihaaru
ރައުދާގެ މަރު ތަހުގީގުކޮށް ރިޕޯޓް ރައީސަށް އަރުވައިފި

ރައުދާގެ މަރު ތަހުގީގުކޮށް ރިޕޯޓް ރައީސަށް އަރުވައިފި

07 ނޮވެމްބަރ 2019

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މީގެ ދެ އަހަރު ކުރިން މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލާގެ ތަހުގީގަށް ފަހު ތަފްސީލީ ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މީގެ ދެ އަހަރު ކުރިން މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލާގެ ތަހުގީގަށް ފަހު ތަފްސީލީ ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުވައިފި އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަނުން ތަހުގީގު ނިންމައި ރިޕޯޓް މިއަދު ރައީސަށް ފޮނުވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ރައުދާ މަރުގެ ރިޕޯޓް ރައީސަށް ފޮނުއްވިކަން އިއުލާން ކުރުން--

ބަންގްލަދޭޝް ފުލުހުން ނިންމާފައިވަނީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށާއި އޭނާ އެކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ އަމިއްލަ އަށް ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ. ފުލުހުން ބުނީ ރައުދާ މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެއްސަކާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. ރައުދާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ވިލު ނޫކުލައިގެ ކަޅީގެ ސަބަބުން މަޝްހޫރުވެގެން ދިޔަ ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިންނެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.

އެކޮމިޝަނުން މިއަދު ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް، ވެސް ރައީސަށް ފޮނުވައިފަ އެވެ.