Roadha Mihaaru
ރައުދާ މަރުވީ އަމިއްލައަށް: ކޮމިޝަން

ރައުދާ މަރުވީ އަމިއްލައަށް: ކޮމިޝަން

15 ނޮވެމްބަރ 2019

ބަންގްލަދޭޝް އަށް ކިޔަވަން ގޮސް އުޅުނު ދިވެހި މޮޑެލް، ރައުދާ އާތިފް މީގެ ދެ އަހަރު ކުރިން މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވެފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ބަންގްލަދޭޝް އަށް ކިޔަވަން ގޮސް އުޅުނު ދިވެހި މޮޑެލް، ރައުދާ އާތިފް މީގެ ދެ އަހަރު ކުރިން މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވެފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ވިލު ނޫ ކުލައިގެ ކަޅީގެ ސަބަބުން މަޝްހޫރުވެގެން ދިޔަ ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލަދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިންނެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލަ އަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ބަންގްލަދޭޝްގެ ފުލުހުން ހެދި އެވެ.

ރައުދާ މަރުގެ މައްސަލަ ތަހުގީގުކޮށް، ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ވަނީ މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހިއްސާ ކުރައްވައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބަންގްލަދޭޝްގެ ކަމާ ގުޅޭ އިދާރާތަކާއި އިތުރު މައުލޫމާތުތައް ހޯދައިގެން ކޮމިޝަނުން ތަހުގީގު ކުރި މައްސަލަ ނިންމާފައި ވަނީ ބަނގްލަދޭޝްގެ ޕޮލިހުންގެ ތަހުގީގާ އެއްގޮތަށެވެ. ރައުދާ މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ.

އެ ގައުމުގެ ފުލުހުން ނިންމީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށާއި އޭނާ އެ ކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. ރައުދާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށް ވެސް ފުލުހުންގެ ރިޕޯޓްގައި ބުނެފައިވެ އެވެ. އަމިއްލަ މަރުވިކަން އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.