Roadha Mihaaru
އޮސް މެޑިކަލްސް އިން ހަކުރު ޓެސްޓް ހިލޭ ހަދައިދެނީ

އޮސް މެޑިކަލްސް އިން ހަކުރު ޓެސްޓް ހިލޭ ހަދައިދެނީ

10 ނޮވެމްބަރ 2019

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅުވައިގެން އޮސް މެޑިކަލް ސެންޓަރުން ހަކުރު ބައްޔަށް ހިލޭ ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅުވައިގެން އޮސް މެޑިކަލް ސެންޓަރުން ހަކުރު ބައްޔަށް ހިލޭ ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ޕްރޮގްރާމްގައި ހަކުރު ބަލި ހުރިތޯ ހިލޭ ޓެސްޓު ހައްދައި ވަގުތުން ނަތީޖާ ލިބޭނެ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އެޑްވާންސް ޑައިބެޓިކް މޮނިޓަރިންގެ ފުރުސަތު ވެސް ފަސް މީހަކަށް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް އެ ސެންޓަރުގަ އެވެ.

އޮސް މެޑިކަލް އިން ބުނީ މި ޕްރޮގްރާމަކީ ހަކުރު ބައްޔަށް މީހުން ހޭލުންތެރިކޮށް، ގަވާއިދުން ހަކުރު ހުންނަ މިންވަރު ބެލުމަށް އެ ސެންޓަރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އޮސް މެޑިކަލް ސެންޓަރަކީ އިންޑިއާގެ ނަން މަޝްހޫރު އަދިތްޔާ ބިރްލާ މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކްލިނިކެކެވެ. މި ކްލިނިކުން އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އެކްސްރޭ އާއި ސްކޭން ކުރުމުގެ ހިދުމަތްތަކުގެ އިތުރުން އާންމު އޯޕީޑީ އާއި ޑޭ ސާޖަރީ އާއި ލެބޯޓަރީ ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ބިދޭސީންގެ ވާކް ޕާމިޓް މެޑިކަލްގެ ހިދުމަތް ވެސް މި ސެންޓަރ އިން ފޯރުކޮށްދެ އެވެ.