14 ނޮވެމްބަރ 2016
ރާއްޖޭގައި ހަކުރުބަލީގެ މީހުން ގިނަވެ، ބަލީގެ ނުރައްކާ ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ. މިކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް އެ ހޮސްޕިޓަލުގައި މިއަދު އެބަ ހިންގަ އެވެ.
ރާއްޖޭގައި ހަކުރުބަލީގެ މީހުން ގިނަވެ، ބަލީގެ ނުރައްކާ ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ. މިކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް އެ ހޮސްޕިޓަލުގައި މިއަދު އެބަ ހިންގަ އެވެ.
އައިޖީއެމްޗްގެ ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިން ޑރ. މޫސާ މުރާދު ވިދާޅުވީ ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު މައްޗަށްދާ ކަން އެ ހޮސްޕިޓަލުގައި ހިންގާ ޑައިބެޓިކް ކްލިނިކަށް ފާހަގަކުރެވޭ ކަމަށެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވަރަށް ޒުވާން އުމުރުގައި މި ބަލީގެ ނުރައްކަލަށް ހުށަހެޅޭ މީހުން ގިނަވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިން ހީކުރެވިފައި ނުވާ އުމުރު ފުރާތައް، އުމުރުން ވަރަށް ހަގު އިރު ވެސް މި ބަލި މިހާރު އެބަޖެހޭ. އުމުރުން 20-30 އަހަރުގައި މި ބަލި ޖެހޭ މީހުން މަޑުމަޑުން ގިނަވަމުން ދަނީ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.
ހަކުރު ބައްޔާ ގުޅޭ މައުލޫމާތު ދީ، ހޭލުންތެރިކުރުމުގެ އިތުރުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިއަދު މެންދުރު 11:15 އިން ހަވީރު 4:00 އަށް އެ ހޮސްޕިޓަލުގެ އޯޕީޑީގައި ހަކުރު ބައްޔަށް ޓެސްޓު ކުރުން އޮންނާނެ އެވެ. ބަލިން ރައްކާތެރިވާން ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ ޓެސްޓްކުރުން ކަން މުރާދު ފާހަގަ ކުރެއްވި އެވެ.
ދޭތެރެ ދޭތެރެ އިން ޗެކުކުރުމާއި ބަރުދަން އިތުރުވާނަމަ ސަމާލުކަން ދިނުމާއި އެހެން ވެސް ހަކުރު ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް މުރާދު ވިދާޅުވި އެވެ.
ހަކުރު ބައްޔަށް ހޭލުންތެރިކުރަން މުރާދު "މިހާރު" ގައި ލިއުއްވި ކޮލަމެއްގައި ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ ބަދަލުތަކާ އެކު ހަކުރުބަލި ޖެހެން މަގުފަހިވާ އެތައް ކަމެއް މުޖުތަމައުގައި އަށަގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކެއުމާއި ކާ އެއްޗިއްސަށް އައި ބަދަލުތަކާއި މާހައުލަށް އައި ބަދަލުތައް ހިމެނޭއިރު ކޮންމެ މީހަކު ވެސް މިއަދު އުޅެން ޖެހިފައި ވަނީ ކޮންމެވެސް ހާސްކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ހަރަކާތްތެރިވެ އުޅެވޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެން ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުރާދު ވިދާޅުވި ގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުމުގެ އިތުރުން ދުޅަހެޔޮ އާދަތަކެއް އަށަގެންނެވިއްޖެ ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު ދަށް ކުރެވޭނެ އެވެ. މިހާރުގެ ނުރަނގަޅު އާދަތައް ދޫކޮށްލައި ސިއްހީ ގޮތުން ފައިދާ ކުރަނިވި އާދަތަކެއްގައި ހިފަން އޭނާ އިރުޝާދު ދެއްވަ އެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމާއި ހަރަކާތްތެރިކަން ނުވަތަ ކަސްރަތު ކުރުން ފަދަ ކަންތައް އިތުރުކޮށް ސިނގިރެޓް ބުއިން ފަދަ، ހަށިގަނޑަށް ގެއްލުން ލިބޭ ކަންތައްތައް ދޫކޮށްލަން ވެސް އޭނާ އެދިވަޑައިގަންނަވަ އެވެ.
ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް
ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
އޮސް މެޑިކަލްސް އިން ހަކުރު ޓެސްޓް ހިލޭ ހަދައިދެނީ
އޭޑީކޭއިން ހިލޭ ހެލްތު ސްކްރީން ކޮށްދެނީ
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި