Roadha Mihaaru
އޭޑީކޭއިން ހިލޭ ހެލްތު ސްކްރީން ކޮށްދެނީ

ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމަށް އޭޑީކޭއިން ހިލޭ ހެލްތު ސްކްރީން ކޮށްދެނީ

14 ނޮވެމްބަރ 2018

މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ހިލޭ ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ހިލޭ ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ހެނދުނު 10:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށް މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގެ ޑރ ޕާންޑިއަން ވިންގްގެ ދެވަނަ ފްލޯގަ އެވެ.

ހެލްތް ސްކްރީން ކުރުމުގެ ޕްރޮގްރާމްގައި، ލޭ ގެ ޕްރެޝަރާއި ހަކުރު ހުރި މިންވަރު ބަލައިދިނުމާއި ބަރުދަން ހުރީ އިސްކޮޅާ ގުޅޭ މިންވަރަށް ތޯ ބަލައިދިނުން ކުރިއަށް ގެންދާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ. މީގެ އިތުރުން، ހަކުރު ބަލީގެ މީހުންނާއި ހަކުރު ބަލި ނުހުންނަ މީހުންނަށް ހަކުރު ބައްޔާ ގުޅޭ މައުލޫމާތު ދޭނެ އެވެ.

ހަކުރު ބަލީގެ ދުވަހާ ގުޅުވައިގެން، ހަކުރު ޗެކް ކުރުމަށް ބޭނުންކުރާ އެކުއާ ޗެކް ޕާފޯމާ/އެކުއާ ޗެކް އެވިއާ ޕްލަސް ސްޓްރިޕް އަދި އެކުއާ ޗެކް އިންސްޓަންޓް/އެކުއާ ޗެކް އިންސްޓަންޓް ސްޓްރިޕް އިންސްޓަން، ހާއްސަ ޑިސްކައުންޓަކާ އެކު އޭޑީކޭ ހޮސްޕިޓަލްގެ ފާމަސީތަކުން މި މަހުގެ ނިޔަލަށް ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.