އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލަމުންދާ ސުލޫކީ މައްސަލަތަކެއްގެ ނޯޓިސްއާ އެމަނިކުފާނު މިރޭ ހަވާލުވެވަޑައި ނުގެންނެވި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
12 ނޮވެމްބަރ 2019
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލަމުންދާ ސުލޫކީ މައްސަލަތަކެއްގެ ނޯޓިސްއާ އެމަނިކުފާނު މިރޭ ހަވާލުވެވަޑައި ނުގެންނެވި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޖޭއެސްސީން މިހެން ބުނީ، އެ ކޮމިޝަންގެ ލިޔުމެއް އުއްތަމަ ފަނޑިޔާރާ ހަވާލުކުރުމަށްޓަކައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް "ގޮތް ނޭނގޭ" މީހަކު ވަންނަން މިރޭ މަސައްކަތް ކުރި ކަމަށް ބުނެ މީޑިއާ އިން ރިޕޯޓް ކުރުމުން ނެރުނު ބަޔާނެއްގަ އެވެ.
ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރާ ހަވާލު ކުރުމަށް ނޯޓިސް ހިފައިގެން ދިޔައީ އެ ކޮމިޝަނުގެ މުވައްޒަފެއް ކަމަށާއި އޭނާގެ ހުރިހާ މައުލޫމާތެއް އެމަނިކުފާނަށް އެރުވި ކމަަށެވެ.
"ގޮތް ނޭނގޭ" ބަޔަކު، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ މުވައްޒަފަކާ ހަވާލާދީ ބައެއް މީޑިއާތަކުން އާއްމު ކުރި ޚަބަރާ ގުޅޭގޮތުން ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާ ހަވާލު ކުރަން ދިޔައީ، އެ މަނިކުފާނުގެ ސުލޫކީ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އަންގައި ފޮނުވި ނޯޓިސް ކަމަށެވެ. އެކަމަކު އެ ނޯޓިސްއާ އެމަނިކުފާނު ހަވާލުވެވަޑައި ނުގަންނަވައި އެނބުރި ގެކޮޅަށް ވެންނެވީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ސުޕްރީމު ކޯޓުގެ އޮފިޝަލަކާ ހަވާލާދީ އެ ޚަބަރު ގެނެސްދިން މީޑިއާތަކުން ބުނިގޮތުގައި ލިޔުން ހަވާލު ކުރީ ޖޭއެސްސީގެ ފަރާތުން ދިޔަ ބައެއް ކަމަށް އެ މީހުން ބުނި ނަމަވެސް އެކަން ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ. އަދި ބަންދު ދުވަހެއްގައި އެ ކޮމިޝަނުން އުއްތަމަ ފަނޑިޔާރާ ހަވާލު ކުރަން ޖެހޭނެ ފަދަ ލިޔުމެއް އޮވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި ކަމަށް ވެސް އެ ޚަބަރު ގައި ވެ އެވެ.
ނަމަވެސް، ޖޭއެސްސީން ބުނީ ނޯޓިސް ހިފައިން ދިޔަ މުވައްޒަފު، އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށް އެއީ ކާކު ކަމާއި މުވައްޒަފުގެ އައިޑެންޓިޓީ ކާޑު ދައްކާފައިވާ ކަމަށެވެ.
"އެކަމަކު ނޯޓިހާ ހަވާލުވެ ވަޑައިނުގެން، އުއްތަމަ ފަނޑިޔާރު ވަނީ ގެކޮޅަށް ވެންނެވުމަށް ފަހު ދޮރު ލައްޕަވާފަ އެވެ." އެ ކޮމިޝަނުގެ ނޫސް ބަޔާނުގައި ބުންޏެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު އެހެން އަމަލު ކުރެއްވި އިރު، އެ ކޮމިޝަނުން ބަލަމުންދާ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައިގައި ވެސް ތަހުގީގު ކޮމިޓީ އަށް ހާޒިރުވުމަށް ނޯޓިސް ދިނުމުން އެއާ ހަވާލުވެ ވަޑައިގެންފައިވާ ކަމަށެވެ.
ޖޭއެސްސީން ބަލަނީ ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް މަސައްކަތަށް އުއްތަމަ ފަނޑިޔާރު ހުރަސް އެޅުއްވި ކަމަށް ބުނާ މައްސަލަ އެކެވެ. އަދި އެ މައްސަލަ ބަލަން ފެށުމާ އެކު އެކަމާ ދެކޮޅަށް އެމަނިކުފާނު ބަޔާން ނެރުއްވުމުން އެ މައްސަލަ ވެސް ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން އޮތީ ބަލަން ނިންމައިފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
"ހުކުމްތަކުގެ މައްސަލަތައް ޖޭއެސްސީއަކަށް ނުބެލޭނެ"
ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވާން ހުށަހަޅައިފި
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބަޔާން ނަގައިފި
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައެއް ނެތް
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
އުއްތަމަ ފަނޑިޔާރަކަށް ޑީޑީ އައްޔަން ކުރުން މިރޭ
އުއްތަމަ ފަނޑިޔާރަކަށް ޑރ. ޑީޑީ އައްޔަން ކުރަނީ
"ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލަށް ފުރުސަތު ނުދޭ"
ތުހުމަތުތަކަށް އަޒްމިރަލްދާ އިންކާރު ކުރައްވައިފި