13 ނޮވެމްބަރ 2019
ކުޑަކުދިންނާއި ޕެޓް ޖަނަވާރު ވެހިކަލް ތެރެއަށް އެކަނި ދޫކޮށްލެވި، އެތައް އިރެއް ވަންދެން އޮންނަން ޖެހި ފުރާނަ ގެއްލޭ ހާދިސާތައް ބައެއް ގައުމުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކުޑަކުދިންނާއި ޕެޓް ޖަނަވާރު ވެހިކަލް ތެރެއަށް އެކަނި ދޫކޮށްލެވި، އެތައް އިރެއް ވަންދެން އޮންނަން ޖެހި ފުރާނަ ގެއްލޭ ހާދިސާތައް ބައެއް ގައުމުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކެނެޑާގެ ސައިންޓިސްޓުންގެ ޓީމަކުން ރާޑާ ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެ ސެންސާއެއް އިޖާދުކޮށްފި އެވެ. ވެހިކަލްތަކުގެ ތެރޭގައި ކުއްޖަކު ތާށިވެފައި އިން ނަމަ މި ސެންސާ އިން އެކަން ދެނެގަތުމަށް ފަހު އެލާމް ފޮނުވައިދޭނެ އެވެ. އިންޗިއެއްހާ ވަރުގެ މި ސެންސަރު އިންނާނީ ވެހިކަލްގެ ސީލިންގުގައި ނުވަތަ އެތެރޭގައި އިންނަ ލޯގަނޑުގައި ހަރުކުރެވޭ ގޮތަށެވެ. އަދި މީގެ ސަބަބުން، ކާރުގެ ދޮރުތައް ތަޅުލެވެމުން ރައްކާތެރިކޮށްދީ، ވަށައިގެން ތިބޭ މީހުންނަށް ސިގްނަލް ފޮނުވައިދޭނެ އެވެ.
“It addresses a serious, world-wide problem,” said George Shaker, professor @WaterlooENG. This device combines radar technology with artificial intelligence (AI) to detect unattended children or animals with 100-per-cent accuracy: https://t.co/TBMaKMIhTF #UWaterloo #AI https://t.co/CGugykR26i
— University of Waterloo (@UWaterloo) November 11, 2019
މި ސެންސަ އުފެއްދި ޓީމުން ބުނިގޮތުގައި މިއީ 100 ޕަސެންޓް ކަށަވަރު އުފެއްދުމެކެވެ. އަދި މިއީ ކެމެރާތަކާ ހިލާފަށް ޕްރައިވެސީ ވެސް ރައްކާތެރިކޮށްދޭނެ އެއްޗެއް ކަމަށް ބުންޏެވެ.
"މިއީ މިހާރު ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް މުހިއްމުވެފައި އޮތް އާލާތެއް. މިއީ އަގު ވެސް މާ ބޮޑު ނުވާނެ އަދި އެއްގަމު ހުރިހާ އުޅަނދެއްގައި ވެސް ބޭނުންކުރެވޭނެ ސިސްޓަމަކަށްވާނެ،" ސެންސަ އުފެއްދި ކެނެޑާގެ ވޯޓަލޫ ޔުނިވަސިޓީގެ އިންޖިނިއަރިން ޕްރޮފެސަރު ޖޯޖް ޝޭކާ ވިދާޅުވި އެވެ.
އެ ޔުނިވަސިޓީން އަންދާޒާކޮށްފައިވާ ގޮތުގައި މި ސެންސަ އާންމުކޮށް އަންނަ އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރެވޭނެ އެވެ.
އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ކިޑް އެންޑް ކާސް އިން ބުނެފައިވާ ގޮތުގައ ކާރުތަކުގެ ތެރޭގައި ބަންދުވެ، އެތައް ގަޑިއިރެއްވެ ހޫނު ގަދަވެގެން އެ ގައުމުން ކުދިން މަރުވާ އަދަދު އަހަރަކު އެވްރެޖްކޮށް 37 އަށް އަރަ އެވެ. މި އަހަރު އެކަނި ވެސް މިފަދަ ހާދިސާތަކުގައި މަރުވި ކުދިންގެ އަދަދު 52 އަށް އަރަ އެވެ. އަދި އޭގެ ތެރެއިން 87 ޕަސަންޓް ކުދިންނަކީ ތިން އަހަރު ނުވަތަ އެއަށް ވުރެ ހަގު ކުދިންނެވެ. އަދި 55 ޕަސަންޓް ކުރިންނަކީ އެ އަހަރު ނުވަތަ އެއަށް ވުރެ ތުއްތު ކުދިންނެވެ.
ބަރަހަނާ މަންޒަރުތައް ރައްކާނުކުރެވޭ ފޯނެއް
ކުޑަކުދިންނަށް ރަނގަޅުވެދާނެ ޕެޓްތައް
އެކްޒީމާ ހުންނަ ކުދިން ޕެޓް ގެންގުޅުން ރަނގަޅު ވާނެ؟
ހުޅުމާލޭގެ ގެއެއްގެ ފަސްވަނަބުރިން ކުއްޖަކު ވެއްޓިއްޖެ
ވެކްސިން ނުޖަހާ މީހުންގެ އަތުން ޓެކްސް ނަގަނީ
ބުޅާ ގެންގުޅޭ ނަމަ ޗިޕެއް ހަރުކުރަން މަޖުބޫރު
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
ޗައިނާގެ 14 އަހަރުން ދަށަށް ޓިކްޓޮކް 40 މިނިޓަށް
ފޮޓޯ ސްކޭންކުރާ އެޕަލްގެ ޓެކްނޮލޮޖީ މަޑުޖައްސާލައިފި
އިންސްޓަގްރާމްގެ އާ ވާޝަނެއް 13 އަހަރުން ދަށަށް