Roadha Mihaaru
ގެލެކްސީން ވީގަން ޗޮކްލެޓް އުފައްދައިފި

ގެލެކްސީން ވީގަން ޗޮކްލެޓް އުފައްދައިފި

15 ނޮވެމްބަރ 2019

ޖަނަވާރުގެ މަހާއި ބިސް ފަދަ ތަކެތިން އުފައްދާ ކާނާ ބޭނުން ނުކުރާ "ވީގަން" އިންނަށް ހާއްސަކޮށްގެން މަޝްހޫރު ޗޮކްލެޓް ބްރޭންޑް "ގެލެކްސީ" ގެ ވީގަން ޗޮކްލެޓް ރޭންޖެއް އަންނަ ހަފުތާގައި ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަނަވާރުގެ މަހާއި ބިސް ފަދަ ތަކެތިން އުފައްދާ ކާނާ ބޭނުން ނުކުރާ "ވީގަން" އިންނަށް ހާއްސަކޮށްގެން މަޝްހޫރު ޗޮކްލެޓް ބްރޭންޑް "ގެލެކްސީ" ގެ ވީގަން ޗޮކްލެޓް ރޭންޖެއް އަންނަ ހަފުތާގައި ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

މާސް، އިންކޯޕަރޭޓުން ނެރޭ ޗޮކްލެޓް ރޭންޖްގައި ހިމެނޭނީ ތިން ވައްތަރެކެވެ. އެއީ ކެރެމަލައިޒްޑް ހެޒެލްނަޓާއި ސްމޫތު އޮރެންޖްގެ އިތުރުން ކެރަމަލް އެންޑް ސީ ސޯލްޓެވެ.

ގެލެކްސީގެ ވީގަން ޗޮކްލެޓް ރޭންޖާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ މާސް ރައިގްލީގެ މާކެޓިން ޑިރެކްޓަރު ކެރީ ކެވެނާ ވިދާޅުވީ ގެލެކްސީން މިހާތަނަށް ނެރޭ ފުރަތަމަ ވީގަން ޗޮކްލެޓް ރޭންޖް އާންމުކޮށް ވިއްކަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

އޭނާ ވިދާޅުވީ މިއީ ގެލްސީން ގެނެސްދޭ ތަފާތު ރަހަތަކަކަށްވިި ނަމަވެސް، މިއީ އެ ބްރޭންޑްގެ އަސްލު ރަހަ ނުގެއްލޭ ގޮތަށް ތައްޔާރުކޮށްފައިވާ ޗޮކްލެޓްތަކެކެވެ.

"އެގޮތުން ގެލެކްސީގެ ސިގްނޭޗާ ސްމޫތާއި ކްރީމީކަން ވީގަން ޗޮކްލެޓްތަކުގައި ވެސް ހުންނާނެ،" ކެރީ ވިދާޅުވި އެވެ. "މި ޕްރޮޑަކްޓްތަކާ ދޭތެރޭ އަހަރެމެން ވަރަށް ހިތްހަމަޖެހޭ."

އޭނާ ވިދާޅުވި ގޮތުގައި ގެލެކްސީގެ ވީގަން ޗޮކްލެޓް ކަލެކްޝަނެއް އަލަށް ނެރެނީ މާސް ރައިގްލީ އާއި ދަ ވީގަން ސޮސައިޓީ ގުޅިގެންނެވެ.

މިކަމާ ބެހޭ ގޮތުން ވީގަން ސޮސައިޓީގެ ޓްރޭޑްމާކް މާކެޓިން މެނޭޖަރު އަބިގައިލް ސްޓީވެންސް ވިދާޅުވީ ގެލެކްސީން ވީގަން ޗޮކްލެޓްގެ މާކެޓަށް ނުކުތުމަކީ ވަރަށް ހެޔޮ ބަދަލެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަރުހަބާކިޔައި، ހިތްވަރު ދޭ ކަމަށެވެ.

މާސް ރައިގްލީން ބުނީ 100 ގްރާމްގެ ވީގަން ޗޮކްލެޓެއް ވިއްކާނީ 3 ޕައުންޑް (3.85 ޑޮލަރު) އަށެވެ. އަދި މި ޗޮކްލެޓް ޕެކްކޮށްފައި ހުންނާނީ ރިސައިކަލްކުރެވޭ އެއްޗެހިންނެވެ. ޓެސްކޯ އިން އެންމެ ފުރަތަމަ ގެލެކްސީ ވީގަން ޗޮކްލެޓް ވިއްކަން ފެށި ނަމަވެސް އެމެޒޯން އާއި އޮކޭޑޯ އިން ވެސް މާ ލަސްތަކެއް ނުވެ ލިބޭނެ ކަމަށް މާސް ރައިގްލީ ބުންނެވެ.