Roadha Mihaaru
ފަސް އަހަރުން ދަރަނި 91 ބިލިއަނަށް އަރާނެ: ސައީދު

ފަސް އަހަރުން ދަރަނި 91 ބިލިއަން ރުފިޔާ އަށް އަރާނެ: ސައީދު

17 ނޮވެމްބަރ 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ފަހު އަހަރު 2023 ގައި ހަމަވާއިރު ދައުލަތުގެ ދަރަނި 91 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ފަހު އަހަރު 2023 ގައި ހަމަވާއިރު ދައުލަތުގެ ދަރަނި 91 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްގައި ސައީދު ވިދާޅުވީ މިފަހަރުގެ ބަޖެޓަކީ "ދެއުޅިއެއް ނުވާ" ބަޖެޓެއް ކަމަށެވެ. މިއީ ރިކަރަންޓު ހަރަދު އެންމެ ބޮޑު ބަޖެޓު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި، ސަރުކާރު އޮފީސްތައް ހިންގުމަށް 4.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ސައީދު ވިދާޅުވީ ބައެއް އެމްބަސީތަކުގައި "ސޮއިކޮށްލާފައި ގެއަށްދާ މީހުން އެބަތިބި" ކަމަށެވެ. ބައެއް ތަންތަނުގައި ސަފީރަށް ވުރެ މަތީގައި މުވައްޒަފުން ތިބި ކަމުގެ އަޑު އިވިވަޑައިގެންފައިވާ ކަމަށާއި މިއީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުދޭ މައްސަލަ އަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ މި އަހަރު ނިމެންދާ އިރު، ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.7 ބިލިއަން ރުފިޔާ ދީފައިވާ ކަމަށާއި އެއީ ދުވާލަކަށް ބަލާ ނަމަ، 4.6 މިލިއަން ރުފިޔާ ކަމަށެވެ. މިއީ ނުކިއްސަރު ގޮތަކަށް ކުރެވޭ ބޮޑު ވައްކަމެއް ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.

"ބަޖެޓު ދެވިދާނެ އެކަމަކު އަމާޒެއް ނެތި ކުރާ މަސައްކަތެއްގެ ނަތީޖާއެއް ނުނިކުންނާނެ ކަން މި ބަޖެޓު ފޮތް ބަލާލީމަ އެބަ ފެނޭ،" ކުރީގެ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ބަޖެޓު އަމާޒުކޮށްފައި އޮތީ މާލެ ސަރަހައްދަށެވެ. އެގޮތުން ހަމައެކަނި މާލެ ސަރަހައްދަށް 3.5 ބިލިއަން ރުފިޔާ ހަރަދު ކުރަން ބަޖެޓުގައި ހިމަނާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، 18 އަތޮޅަށް ހޭދަކުރަނީ އެންމެ 3.3 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީ ފަޅު ގުޅާލުމަށް ހަދާފައިވާ ބްރިޖު އެޅުމަށް 300 މިލިއަން ޑޮލަރު ހަރަދު ކުރުމާއި ގުޅިފަޅު ހިއްކުމާއި ޕޯޓެއް ގާއިމު ކުރަން 490 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމާއި އިންޑިއާ އިން 1.1 ބިލިއަން ރުފިޔާގެ ލޯން ލިބިއްޖެ ނަމަ، އެއީ 26 ބިލިއަން ރުފިޔާގެ ދަރަންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަސް އަހަރުގެ ތެރޭގައި 91 ބިލިއަން ރުފިޔާގެ ދަރަނި ސްޓޮކެއް ބުރައެއްގެ ގޮތުގައި އުފުލިގެން މިދަނީ،" ސައީދު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި އިތުރުވާ އިރު، އާމްދަނީ ހޯދަން ބަޖެޓުގައި ކަންތައްތަކެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެކުހަށް އެކަނި ބެލިޔަސް، އާމްދަނީގެ 48 ޕަސަންޓަކީ ޓެކުހެވެ.

ޓެކްސް ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު ޓެކުހުން ބޭރުގެ ދަތުރުތައް ކުރުމަށާއި އޮފީސްތައް ހިންގުމަށާއި ސިޔާސީ ވަޒީފާތައް އުފައްދާނަމަ، މަސްވެރިންނާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ޓެކްސް ނެގުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޓެކްސް ނެގުމުގެ މިސްރާބެއް، އަދި ޓެކުހުން ބިނާ ކުރުވަނިވި ކަމެއް ނުކުރެ އެވެ. ސަރުކާރުން ޖަޒީރާ ރާއްޖެ ކިޔަމުން ދިޔަޔަސް، "ވާ ކަމެއް ހަރާން" ކަމަށް އޭނާ ވިދާޅުވި އެވެ.