ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ވީބީ އަލީ ޝިޔާމް (ވީބީ އައްޔަ)ގެ ޕާސްޕޯޓު ހިފަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
18 ނޮވެމްބަރ 2019
ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ވީބީ އަލީ ޝިޔާމް (ވީބީ އައްޔަ)ގެ ޕާސްޕޯޓު ހިފަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރާ ޓެރަރިޒަމްގެ މައްސަލައިގައި މިދިޔަ އޮގަސްޓް 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ޕާސްޕޯޓު ހިފަހައްޓައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހު އިސްތިއުނާފުް ކުރުމުން، ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުގެ އިއްތިފާގުން ނިންމެވީ ދަށު ކޯޓުގެ އަމުރު ބާތިލްކުރަންޖެހޭ ދުސްތޫރީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ވީބީ އައްޔަގެ އިތުރުން ރިލްވާނާ ގުޅިގެން، ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް 15 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.
ރިލްވާން ގެއްލުވައިލި މައްސަލާގައި ތުހުމަތު ކުރާ އައްޔައަކީ ޑިސެމްބަރު 10، 2010 ގައި އާޓިފިޝަލް ބީޗުގައި ދީނީ މިނިވަން ކަމަށް ގޮވާލައި ބަޔަކު މުޒާހަރާއެއް ކުރިއިރު އެ މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް އެތަނަށް ދިޔަ މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ. އެ މީހުންނާއި މުޒާހަރާ ކުރި މީހުންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ.
އޭގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދު މަރާލި މީހުންނަށް އައްޔަ ހަރަދުކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ވެ އެވެ. އަދި ސީރިއާ އަށް މީހުން ފޮނުވުމަށް ވެސް އޭނާ ފައިސާގެ އެހީ ދީފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި
ޔާމީންގެ މަރު: ޖަލަށްލި ދެ މީހުން ވެސް އިސްތިއުނާފަށް
އަފްރާޝީމް، ރިލްވާން، ޔާމީންގެ މައްސަލަ ރިވިއުކުރަނީ
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!
މުޖުރިމުންނާ ގާނޫނުތައް އަރާ ހަމަކުރާނެ: ރައީސް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޔާމީންގެ މަރު:ސިއްރު ހެއްކަކީ ތުހުމަތުވި މީހެއް!
"ޔާމީންގެ މައްސަލާގައި ދެ މީހަކު ޖަލަށްލީ ރަނގަޅަށް"
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް