Roadha Mihaaru
ޔާމީންގެ މަރު: ޖަލަށްލި ދެ މީހުން ވެސް އިސްތިއުނާފަށް

ޔާމީން ރަޝީދުގެ މަރު: ޖަލަށްލި ދެ މީހުން ވެސް އިސްތިއުނާފަށް

21 އެޕްރީލް 2022

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ދެ މީހުންގެ ފަރާތުން އެ ހުކުމް އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ދެ މީހުންގެ ފަރާތުން އެ ހުކުމް އިސްތިއުނާފްކޮށްފި އެވެ.

އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބުނު ހަ މީހުންގެ ތެރެއިން މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

އެ މީހުން އުމުރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ މީހުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މި ހަފުތާ ތެރޭގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.

އެ މީހުން ޖަލަށްލާން ހުކުމްކުރީ ޔާމީންގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވުމުންނެވެ.

ހައިޝަމާއި ޒިހާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރިއިރު، ދައުލަތުން ވަނީ އެ މައްްސަލާގައި ކުށް ސާބިތުނުވެ، ސަލާމަތްވި ދެ މީހެއްގެ މައްސަލަ ވެސް އިސްތިއުނާފްކޮށްފަ އެވެ.

ދައުލަތުން އިސްތިއުނާފްކުރީ މ. ތާއިފް، އިސްމާއިލް ރަޝީދާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތުނުވި މައްްސަލައެވެ.